އޭޑީކޭ ހޮސްޕިޓަކުގައި ކޯވީޑަށް ޓެސްޓް ހަދައިދޭ އަގު ހެޔޮކޮށްފި އެވެ.
އެހޮސްޕިޓަލުން ބުނީ ޕީސީއާރު ޓެސްޓް ހަދައިދޭ އަގަށް ބަދަލު ގެނެސްފައިވާކަމަށާއި، އަގު ހެޔޮކޮށްފައިވަނީ ލެބޯޓްރީގައި އޮޓޯމޭޓެޑް ރޯޗް ސައިކްލަރ 480 ޕީސީއާރް ސިސްޓަމް ޤާއިމްކުރުމުންކަމަ ށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓެއް ހަދައިދޭނީ ދިވެހިންނަށާއި، ވޯކްޕާރމިޓް ހޯލްޑަރުންނަށް 1،200 ރުފިޔާއަށް އަދި ފަތުރުވެރިންނަށް 80 ޑޮލަރަށްކަމަށް އޭޑީކޭ އިން ބުނެއެވެ.
އޭޑީކޭއިން ދިވެހިންނަށާއި ވޯކްޕާރމިޓް ހޯލްޑަރުންނަށް ކުރިން ޕީސީއާރު ޓެސްޓް ހަދައިދެމުން އައީ 1،500 ރުފިޔާ އަށެވެ. އަދި ފަރުރުވެރިންނަށް ޓެސްޓް ހަދައިދެމުން އައިސްފައިވަނީ 110 ޑޮލަރަ ށެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭގައި ހުންނަ ޓާރޝަރީ ހޮސްޕިޓަލް ޓްރީޓޮޕް ހޮސްޕިޓަކުން ޕީސީއާރު ތެސްޓް ހަދައިދޭ އަގުވެސް ވަނީ ހެޔޮކޮށްފަ އެވެ. މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދައިދެމުން އަންނަނީ ދިވެހިންނަށާއި ވޯކްޕާމިޓް ހޯލްޑަރުންނަށް 1،399 ރުފިޔާ އަށެވެ. އަދި ފަތުރުވެރިންނަށް ޓެސްޓް ހަދައިދެނީ 1،499 ރުފިޔާއަށް ކަމަށް އެހޮސްޕިޓަކުން ބުނެ އެވެ.
ފަތުރުވެރިންނަށް ކޯވިޑް-19އަށް ޓެސްޓް ހެދޭނެ ފަސް ހޮސްޕިޓަލެއް ކަނޑައަޅަފައިވާއިރު ސަފާރިތަކަށް އަންނަ ފަތުރުވެރިން ކޯވިޑަށް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފެރީ ޓަރމިނަލުގަ އެވެ.
ކޮމެންޓު ފޮނުވާ