އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 2-0 އިން މޮޅުވެ ޗެލްސީ ލީގުގެ ހަތަރު ވަނަ މަގާމު ދަމަހައްޓައިފި އެވެ.
ޗެލްސީ ދަނޑުގައި ރޭ ކުޅުުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ލީޑުނެގީ މެޗުގެ 31 ވަނަ މިނިޓްގައި އެވަޓަންގެ ބެން ގޮޑްފްރޭ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.
ލީޑުފުޅާކުރަން އަލޮންސޯ ޖެހި ބޯޅަ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 65 ވަނަ މިނިޓްގަައި ޗެލްސީގެ ދެ ވަނަ ގޯލު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ޖޯޖީނިއޯ އެވެ. މިއީ ހަވާޓްޒް އަށް އޭރިއާތެރެއިން ޕިކްފޯޑް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ރޭގެ މެޗުގައި ހަވާޓްޒް ޖެހި ގޯލެއް ބަަލައިނުގަންނަން ނިންމީ ލަނޑު ޖެހުމުގެ ކުރިން އޭނާ އަތުން ބޯޅަ ކޮންޓްރޯލް ކުރުމުންނެވެ.
ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 11 މެޗުން ވެސް ބަލިވެފައިނުވެ އެވެ.
ރޭގެ މޮޅާ އެކު ޗެލްސީ ހަތަރު ވަނާގައި އޮތީ 28 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނާގައި އޮތް ވެސްޓް ހޭމް ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ވެސްޓް ހޭމް އަށް 27 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ.