ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާ މީހުންގެ ދިރިއުޅުމަށް އެޗްޕީއޭއިން ލުއިތަކެއް ދެއްވަން ފެންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައިވާއިރު ވެކްސިނާއި ގުޅިގެން މިހާތަނަށް އެއްވެސް ލުޔެއް އެޗްޕީއޭއިން ދީފައި ނުވެއެވެ. ސަބަބަކީ އެޗްޕީއޭއިން ބުނެފައިވަނީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިކަމުގައި ވީނަމަވެސް ކޯވިޑް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމަށްވުމުން ވެކްސިން ޖަހާ މީހުންނަށްވެސް އަދި އިތުރު ލުއިތަކެއް ދިނުމަށް އެޗްޕީއޭއިން ނިންމާފައި ނުވެއެވެ.
ވެކްސިން ޖަހާ މީހުންނަށް ލުއިތަކެއް ދިނުމާއި ގުޅޭގޮތުން އިކްރާމް ވިދާޅުވީ ވެކްސިން ނުޖަހާ މީހުންނަށް ބޭރުގައި ނޫޅެވޭ ގޮތް ހަދައި، ވެކްސިން ޖަހާފައިވާ މީހުންނަށް ބޭރުގައި އުޅެވި އާންމު ދިރިއުޅުމުގައި ދޭންޖެހޭ އިތުރު ލުއިތަކެއް އެޗްޕީއޭއިން ފަހިކޮށްދޭންޖެހޭ ކަމަށެވެ.
ވެކްސިން ނުޖަހާ މީހުންނަށް ބޭރުގައި ނޫޅެވޭ ގޮތް ހަދައި، ވެކްސިންއާއި ގުޅުވައިގެން މީހުންގެ ދިރިއުޅުމަށް ލުއިތަކެއް ދެއްވަންފެނޭ.
– އިކްރާމް ވިދާޅުވިއެވެ.
Vaccine nujahaa meehunnah beyruga noolheveyney goii hadhaa, vaccine aa gulhuvaigen meehunge dhiri ulhumah luithakeh dhevvan feney @HPA_MV
— Ikram Hassan MP (@ikramhassan) March 5, 2021
ވެކްސިންދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ފެށީ ފެބްރުއަރީމަހުގެ 1ވަނަ ދުވަހުއެވެ. ފުރަތަމަ ވެކްސިންދޭންފެށީ ކޯވިޑް19ގެ ޙާލަތާ ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށެވެ. ނަމަވެސް ފަހުންވަނީ އެކި އުމުރުފުރާތަކުގެ މީހުންނަށް ވެކްސިންދޭން ފަށާފައެވެ.
ރާއްޖޭގައި މިހާރުވަނީ އުމުރުން 18އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ރާއްޖޭގައި އަދި ދެމުންދަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. ދެވަނަ ޑޯޒް ޖަހަން ފަށާނީ، ވެކްސިންޖެހި ދުވަހުން ފެށިގެން 8 ހަފްތާ ފަހުންނެވެ.
ކޮމެންޓު ފޮނުވާ