މިސަރުކާރުން ބުރަބޮޑު އެއްޗެއްގެ ގޮތުގައި ކުރިން ސިފަކުރި މަހާ ޖައްރާރަކީ މިސަރުކާރަށް ވޯޓު ހޯދާނެ އަގުބޮޑު ޖަވާހިރަކަށް މިއަދު ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބާއި ދިމާކޮށް ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫޢަށް މަހާ ޖައްރާފު އެރަށަށް ގެންގޮސް އެމްޑީޕީގެ ގިނަ ބަޔަކު ނިކުމެ ބޮޑު ރަސްމިއްޔާތެއް ބާއްވާފައިވާ ދަނޑިވަޅެއްގައި ޑރ.ޚަލީލް ވިދާޅުވީ މަހާ ޖައްރާރު ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ގެންނަން އުޅުމުންވެސް މިއަދުގެ ވެރިކަން އެކަމާއި ދެކޮޅު ހެދި ކަމަށެވެ.
އަދި މިވެރިކަމާއި ހަވާލުވުމަށްފަހުވެސް މަހާ ޖައްރާފަކީ ކޮށްފައިވާ ބޭކާރު ޚަރަދެއްގެ ކަމަށްބުނެ އެވާހަކަތައް މިސަރުކާރުގެ ވެރިން އެކި ފަހަރުމަތީން ދައްކާފައިވާކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ މަހާ ޖައްރާފަކީ މިސަރުކާރުން ސިޔާސީ މަންފާ ހާސިލްކޮށް، ވޯޓު ހޯދަން ބޭނުން ކުރާ އަގުބޮޑު ޖަވާހިރެއްގެ ގޮތުގައިކަމަށް ޑރ.ޚަލީލް ވިދާޅުވިއެވެ.
މަހާޖައްރާފަކީ ބުރައެއް ގެ ގޮތުގައި ސިފަކުރި މިސަރުކާރުގެ ވެރިންގެ އަދުގެ ރާގު ބަދަލުވެ، މިއީ އިންތިޚާބުތަކާ ދިމާކޮށް ވޯޓުހޯދާނެ ޖަވާހިރަކަށް ބަދަލުވެއްޖެއެވެ. ރ.ދުވާފަރުގެ ރައްޔިތުން މިކަން ދަންނާނެއެވެ.
– ޑރ.ޚަލީލް ވިދާޅުވިއެވެ.
މަހާޖައްރާފަކީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ބިންހިއްކުމުގެ މަސައްކަތް އަވަސް ގޮތަކަށް ކުރުމަށް ގެނެވުނު ޚާއްސަ އުޅަދެކެވެ.
36 މިލިއަން ޑޮލަރު ޙަރަދުކޮށްގެން ބަނދެފައިވާ މި އުޅަނދަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެމް.ޓީ.ސީ.ސީން ބަނދެފައިވާ “މަހާ ޖައްރާފު” ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެކަމަށް އެކުންފުނިން ބުނެއެވެ.
ކޮމެންޓު ފޮނުވާ