އެމްޑީޕީގެ ލީޑަރޝިޕް މުއިއްޒުގެ އެންޓި ކެމްޕެއިންގައި އަވަދިނެތި

އެމްޑީޕީގެ ލީޑަރޝިޕް މުއިއްޒުގެ އެންޓި ކެމްޕެއިންގައި އަވަދިނެތި

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2021 11:38
0

މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒަށް އެންޓި ކެމްޕެއިން ކުރުމުގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންދަނީ ސޯޝަލް މީޑިޔާގައި އަވަދިނެތި މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ އެންމެ އިސްބޭފުޅުންގެ ތެރޭގައި ހިމެނޭ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްވަނީ މުއިއްޒާއި ދެކޮޅަށް ވަރަށް ގިނަ ވާހަކަތެއް ސޯޝަލް މީޑިޔައަށް ދޫކުރައްވާފައެވެ. ހަސަން މުއިއްޒުއަށް ރައްދު ދެއްވާފައިވަނީ އޭނާއަށް އެންޓި ކެމްޕެއިން ކުރުމުގައި އަވަދިނެތި ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ބުނެ ކުރި ޓްވީޓަށް ރައްދު ދެއްވަމުންނެވެ.

ހަސަން ވިދާޅުވެފައިވަނީ ހައުންސިލް މިނިސްޓަރަކަށް ހުންނަވައިގެން 7 އަހަރުގެ ތެރޭގައި މާލެ ސިޓީގެ ހުރިހާ ބާރެއް އަތައް ނަގައިގެން ކުރެއްވި މަސައްކަތް މާލޭ ރައްޔިތުންނަށް ނޯޅޭ ކަމަށެވެ. އަދި އެކަންކަމުގެ މަތީން ހަނދާން އާކޮށްލުމަކީ މުހިންމު ކަމެއްކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

ހަސަން ވަނީ މުއިއްޒުގެ ވާހަތަކަށް ރައްދު ދިނުމަށްފަހު ރައީސް ޔާމީން ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ދައްކަވާފައިވާ ވަތަކަތަކެއްވެސް ހިއްސާ ކުރައްވާފައެވެ. އަދި މުއިއްޒުގެ "ބޮސް" ރައީސް ޔާމީނަކީ ލާމަރުކަޒީ ނިޒާމު ޤަބޫލު ނުކުރައްވާ ބޭފުޅަކަށްވާއިރު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ އެވިސްނުމުގެ ބޭފުޅުންނަށް ފަސޭހަ ކަމަކަށް ނުވާނެކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

ހަސަންގެ ވާހަތަކަށް ތާއީދުކޮށް އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބް އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލަށް ރައީސް ޔާމީންގެ ވެރިކަމުގައި ހަދާލި ގޮތް ވަރަށް ސާފުކޮށް ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެކަމަށެވެ. އަދި ކައުންސިލްގެ ބާރު ކަނޑުވާލައި ހަމައސެކަނި ވިހާ މަރުވާ ބަލަހައްޓަން ހަވާލުކުރި ވާހަކަވެސް ދައްކަން ޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

މުއިއްޒުއަށް އެމްޑީޕީގެ އިސްބޭފުޅުންގެ ނުރުހުމާއި، ބަހުގެ ހަލަމާތައް ބަދަލު ކުރަމުންދާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެޕާޓީގެ ކެންޕެއިން ރީ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް މުއިއްޒުއަށް އަމާޒުކޮށް ގިނަ ތުހުމަތުތަކެއް ކުރައްވައި، މުއިއްޒު މާލޭގެ މޭޔަރުކަމަށް އިންތިޚާބުޔ ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ.

މާލެ ސިޓީ މޭޔަރުކަމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރިމަތި ލައްވާފައިވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުއަށް މާލޭގެ ރައްޔިތުން ވޯޓު ދިނުމަކީ ދަތުގެ ޑޮކްޓަރެއްކައިރިޔަށް ލޯޕަރޭޝަން ކުރަންދިއުންފަދަ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ވަނީ ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.

މުއިއްޒަށް ވޯޓެ ދިނުމަކީ ދަތުގެ ޑޮކްޓަރެއްކައިރިޔަށް ލޯ އޮޕަރޭޝަން ކުރަންދިއުންފަދަ ކަމެއް: ހުސެއިން

އެމްޑީޕީގެ ލީޑަރޝިޕުން އިދިކޮޅުން މާލެސިޓީއަށް ވާދަ ކުރައްވާ ކެންޑިޑޭޓަށް އެންޓި ކެންޕެއިންކޮށް، ބަހުގެ ހޫނު ހަމަލާތައް ދެމުންދާއިރު މުއިއްޒު ވިދާޅުވެފައިވަނީ ވާހަތައް ދައްކަވަމުން އަމިއްލަ ޕާޓީން ނެރެފައިވާ ކެނޑިޑޭޓަށް ކުރާނެ ކެންޕެއިނެއް ނެތުމުންކަމަށެވެ. އަދި އަތުގައި ވިއްކާނެ އެއްވެސްއެއްޗެއްނެތި ވެފައިވާ ވައުދުތައް ރައްޔިތުންނަށް ނުފުއްދުމުން މިފަދަ ވާހަކަތައް ދައްކާނެ ކަމަށެވެ. ނަމަވެސް މި އިންތިޚާބުގައި މާލޭގެ ރައްޔިތުން ވޯޓު ދޭނީ މާޒީއާއި ކުރިއަށް ބެލުމަށްފަހު ނަތީޖާ ނެރެދެއްވާފައިވާ މީހަކަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތުމީހާ
ރައްޔިތުންގެ ލޯހުޅުވިއްޖެ . ކިތަންމެވަރަށް އެންޓިކެމްޕޭނު ކުރިޔަސް ވޯޓްދޭނެމީހަކުނެތިގެން ވޯޓްނުދީހުއްޓަސް މިފަހަރު އެމްޑީޕީއަށް ވޯޓެއްނުދޭނަން . ބުނީމެއްނު އިންތިހައްފަހު ރައްޔިތުންނަށް ސަކުވާކުރުމުގެ ފުރުސަތު ނުދޭނެވާހަކަ. ރައްޔުތުން ތަޅުއަޅުވާނެކަން ވަރަށްސާފު.