އެންގުމާއި ޚިލާފަށް ބޯޓުގެ ބްރިޖް ރޫމް އެއްކޮށް ކަނޑާލައި 5 ކޮންޓައިނާއެއް ލޯޑް ކޮށްފި: މުސްތަފާ

އެންގުމާއި ޚިލާފަށް ބޯޓުގެ ބްރިޖް ރޫމް އެއްކޮށް ކަނޑާލައި 5 ކޮންޓައިނާއެއް ލޯޑް ކޮށްފި: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2021 11:11
0

ތިލަފުށި ފަޅުތެރޭގައި އޮތް ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގައި އަތްނުލުމަށް ފުލުހުން އަންގާފައި ވަނިކޮށް ބޯޓު ބޯޓުގެ ބްރިޖް ރޫމް އެއްކޮށް ކަނޑާލައި 5 ކޮންޓައިނާއެއް ލޯޑް ކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓު ނަގައި ނައްތާލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާއި އެ ތަނުގެ ވެރިން އަމަލު ކުރައްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަަށާއި އެހެންވެ މި މައްސަލާގައި އިހުމާލުވާ އެންމެންނާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީންވެސް ވަނީ ފާސްކޮށްފައެވެ.

ބޯޓުގެ މައްސަލާގައި އެއްވެސް ފަރާތަކުން ބޯޓުގައި އަތްނުލުމަށް ފުލުހުންވެސް އަންގާފައި ވަނިކޮށް ވިޔަފާރިވެރިޔާ ކުއާ މުހުދޭގެ އޯޑަރަށް އެބޯޓު ކަފައި ކުދި ކުދިކޮށް ވިއްކަމުންދާކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ބޯޓުގެ ބްރިޖް ރޫމް އެއްކޮށް ކަނޑާލައި 5 ކޮންޓައިނާއެއް ލޯޑް ކޮށްފައިވާކަމަށްވެސް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި އޮތް "އެމްވީ ސީ ހޯމް ސެފަޔާ" ބޯޓު ކުއާ މޮހޮދޭ އަމިއްލައަށް ކަފާ ވިއްކާލާފައި. ބޯޓުގެ ބްރިޖް ރޫމް އެއްކޮށް ކަނޑާލައި 5 ކޮންޓައިނާއެއް ލޯޑް ކޮށްފި. ފުލުހުން ކުއާ މޮހޮދޭއަށް އަންގާފައި އޮތީ ބޯޑަށް އަރައިގެން ނުވާނެކަމަށް.

– މުސްތަފާ ވިދާޅުވިއެވެ.

އެމްވީ ސީހޯމް ސެފަޔާ އަކީ 2011 ވަނަ އަަހަރު ބަންގްލަދޭޝްގެ ޗިޓަގޮން ބަނދަރުން ރާއްޖެ އައި ބޯޓެކެވެ. އެ ބޯޓު ރާއްޖޭން ފުރުން ސިވިލް ކޯޓުން އޭރު މަނާކުރީ ބޯޓްގެ ވެރިފަރާތާ ދެކޮޅަށް އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށް ކަސްޓަމްސް އިން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ކުރިން އޮތީ އަންގައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.