ޓުވީޓު ކުރުމަށްފަހު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ކުރި ޓުވީޓް އަލުން އެޑިޓް ކުރުމުގެ ފުރުސަތުލިބޭ އޮޕްޝަނެއް ޓުވިޓަރއިން ޓެސްކުރަން ފަށައިފިއެވެ.
ޓުވިޓަރ ކުންފުނިން، ސީއެންއެން ބިޒްނަސްއަށް ހުކުރު ދުވަހު ޔަގީންކޮށްދީފައި ވާގޮތުގައި، ވަކިވަކި ފަރުތުން އެމީހުންގެ ޓުވިޓަރ ހޭންޑްލްއިން ކުރާ ޓުވީޓުތައް، ރަސްމީކޮށް ޓުވިޓަރ ޕްލެޓްފޯމުގައި ޝާޢިއުވެ ދިއުމުގެ ކުރިން، ޓުވީޓު ކެންސަލްކުރުން ނުވަތަ، ޓުވީޓު އަލުން އެޑިޓް ކުރުމުގެ ފުރުސަތު ލިއްބައިދޭ ވިންޑޯއެއް މިހާރު އެ ޕްލެޓްފޯމުން ދަނީ ޓެސްޓު ކުރަމުންނެވެ.
ޓުވިޓަރއިން މިހާރު ޓެސްޓު ކުރަމުންދާ މި ފީޗަރ އެންމެ ފުރަތަމަ ހޯދިފައިވަނީ، ސޯޝަލް ނެޓްވޯތަކުގެ މިފަދަ އާ ޓޫލްތައް އާންމު ކުރުމުމުގެ ކުރިން ހޯދާއިގަތުމުގެ ޓްރެކް ރެކޯޑެއް އޮތް، ޖޭން މަންޗުން އޮންގއެވެ.
ވޮންގ ވަނީ، ނޫކުލައިން ހަދާފައިހުރި، ޓުވީޓު އަލުން ރަގަޅު ކުރެވޭ، މި ބާރގެ ޖީއައިއެފް (GIF) ވީޑިއޯއެއް އިންޓަރނެޓްގައި އާންމުކޮށްފައެވެ. މި ބާރގެ އަރާފައި އިންނަނީ، ޓުވީޓެއް ކުރުމަށްފަހު، ޓުވީޓު ޝާއިއު ވެއްޖެކަން ޔަގީން ކޮށްދިނުމުގެ ގޮތުން ފެންނަ މެސެޖްގެ ތިރީގައެވެ. (މި ފީޗަރ އާންމު ކުރުމަށް ޓުވިޓަރއިން ނިންމި ކަމުގައިވި ނަމަވެސް، ދާއިމީކޮށް އާންމު ވެދިއުމުގެ ކުރިން އިތުރު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.)
ޓުވީޓުތައް ކުރުމަށްފަހު، އަލުން ރަގަޅު ކުރުމުގެ ފުރުސަތު ލިއްބައި ދިނުމަށް ޓުވިޓަރ ބޭނުންކުރާ ފަރާތްތަކުން އެދެމެންދާތާ އެތައް ދުވަސްތަކެއް ވެއްޖެއެވެ. އަދި މުފުރުސަތު ޓުވިޓަރއިން ދީފިނަމަ، ކުރެވޭ ޓުވީޓުތަކުގައި ހުންނަށް އެތައް ކުއްތަކެއް ރަގަޅުކުރުމުގެ ފުރުތަކުން ޓުވިޓަރ ބޭނުންކުރާ ފަރާތްތަކަށް ލިބިގެން ދާނެއެވެ.
Twitter is working on “Undo Send” timer for tweets pic.twitter.com/nS0kuijPK0
— Jane Manchun Wong (@wongmjane) March 5, 2021
ފާއިތުވެދިޔަ އަހަރު ޓުވިޓަރ (TWTR)އިން ބުނެފައިވަނީ، އިންވެސްޓަރުންނަށް އަމާޒުކޮށް، ސަބްސްކްރިޕްޝަންގެ ޚިދުމަތް ތައާރަފް ކުރުމަށް އެކުންފުނިން ދަނީ ވިސްނަމުންނެވެ. މި ޚިދުމަތުގެ ތެރެއިން، އަގު ދައްކާގޮތަށް، ކުރާ ޓުވީޓުތައް އަލުން ރަގަޅު ކުރުމުގެ ފުރުސަތު ދިނުމަށް އެކުންފުނިން ވަނީ ވިސްނާފައެވެ. އޭރު ޓުވިޓަރ ކުންފުނިން ބުނެފައިވަނީ، ކުރި ސާވޭއެއްގައި، ޓުވިޓަރ ބޭނުންކުރާ ފަރާތްތަކަށް އެންމެ މުހިންމު ފީޗަރތަކާއި މުހިންމު ނޫން ފީޗަރތައް އެކުންފުނިން ވަނީ ބަލާ ދިރާސާ ކޮށްފައެވެ.
ފާއިތުވެދިޔަ މަހު، ޓުވިޓަރއިން ބުނެފައިވަނީ، އެކުންފުނިން ދަނީ، އިތުރު ސަބްސްކުރިޕްޝަންގެ ފުރުސަތުތައް ތައާރަފްކުރުމަށް ވިސްނަމުންނެވެ. މީގެ ތެރޭގައި، ބައެއް ޓުވިޓަރ އެކައުންޓުތަކުން އާންމު ކުރާ މައުލޫމާތާ، މުހިންމު ނިއުސް ލެޓަރތަކާއި އާންމު އިއުލާންތައްވެސް ހިމެނޭނެއެވެ.
ޓުވިޓަރ ކުންފުނިން މިހާރު އަމާޒު ހިފާފައިވަނީ، 2023އާއި ހަމައަށް ދާއިރު، ކުންފުނީގެ އެނުއަލް ރެވެނިއު ދެގުނަ ކުރުމަށެވެ.