ނައިފަރު ޒުވާނުން: ވަގުތެއް ވީމަ ނައިފަރު ޒުވާނުންގެ އަޑުވެސް އަހާލައްޗޭ ރައީސް!

ނައިފަރު ޒުވާނުން: ވަގުތެއް ވީމަ ނައިފަރު ޒުވާނުންގެ އަޑުވެސް އަހާލައްޗޭ ރައީސް!

ނައިފަރުގެ މަގުތަކުގެ ނުރައްކާ ހާލަތު ސަމާލުކަށް ގެނައުމަށް އެރަށުގެ ޒުވާނުން ނުކުމެއްޖެއެވެ.

"މަގުތައް އޯކޭތަ؟" މި ސުވާލުކުރަމުން ނައިފަރުގެ ގިނަ އަދަދެއްގެ ދެޖިންސުގެ ޒުވާނުން އިއްޔެ ވަނީ ސައިކަލު ބުރެއްވެސް ބާއްވާފައެވެ. މި ސައިކަލު ބުރުގެ ބައިވެރިން ބުނީ މިއީ އެއްވެސް ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ. އަދި ނައިފަރުގެ މަގުތަކުގެ ހާލަތު ގޯސްވެ މީހުންގެ މުދަލަށާއި ޖާނަށް އެކި ކަހަލަ ގެއްލުންތައް ލިބެމުންދާތާ އެތައް ދުވަހެއް ވެފައި ވާކަމަށާއި، މިއީ ބޮޑު އާބާދީއަކަށް ފާއިތުވި ހުރިހާ ސަރުކާރުތަކުން ވެފައިވާ ބޮޑު އިހުމާލެއް ކަމަށް ނައިފަރުގެ ޒުވާނުން ސޯޝަލްމީޑިއާގައިވެސް ގެންދަނީ ބުނަމުންނެވެ.

"ވާރޭ ހުއްޓި އެތައް ދުވަހެއް ފަހުން ފެންގަނޑު ހިނދުނަސް، މަގުތަކެކޭ ހަނދުގެ ސަތަޙަ އެކޭ އެއްގޮތް! ސައިކަލުތަކުގެ ޖެކުތައް ސަލާމަތެއް ނުވޭ! ރައްޔިތުންގެ އުނަގަނޑުތައް ސަލާމަތެއް ނުވޭ! އަރާ ހިރަފުހުން ލޮލާ ފުއްޕާމޭ ސަލާމަތެއް ނުވޭ! މީ ހައްގު މިންވަރެއް ނޫން! މަގުތައް އޯކޭ އެއް ނޫން! ރައްޔިތުން ވަރަށް ކެތްކޮށްފި! "ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެ"

– ނައިފަރުގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖްގައި ލިޔެފައިއޮތެވެ.

މަގުތައް އޯކޭތަ ހަރަކާތުގެ ތެރެއިން

"މަގުތައް އޯކޭތަ" ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނުން ބުނީ ނައިފަރުގެ މަގުތަކުގެ ހާލަތު ގޯސްވެ ހިނގާ ބިނގާވާ މީހުންނަށާއި ސްކޫލު ކުދިންނާއި ބެލެނިވެރިންނަށާއި، ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށް އަންނަ ހުރިހާ ފުރައެއްގެ މީހުންނަށް އެކިއެކި ތަކުލީފްތައް އުފުލަން ޖެހިފައި ވާކަމަށެވެ. އެގޮތުން މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި ދުއްވާ އެއްޗެއްސަށް ލިބޭ ގެއްލުމުގެ އިތުރުން ވާރޭވެހި މަގުގައި ޗަކަހެދި ކަހާލައިގެން މީހުންވެއްޓި ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުރިކަމަށް ޒުވާނުންބުނެއެވެ.

" ކުޅިވަރު ކުޅެވޭނީވެސް އުނުގަނޑު ސަލާމަތުން ހުރެގެން! އިހަށް މަގުތައް ހަދައިދީ "

– ޝުޢޫރު ފާޅުކުރުމަށް ލިޔެފައިވާ ބޯޑެއްގައި އޮތެވެ.

#މަގުތައްއޯކޭތަ؟

Posted by Naifaru on Thursday, 15 October 2020

ނައިފަރުގެ މަގުތަކުގެ ހާލަތަށް ވަގުތީ ހައްލެއް ގެނައުމަށް 2017 ވަނަ އަހަރު އެމް.ޓީ.ސީ.ސީ ގެ ވެހިކަލްތަކުގައި މަގުގެ ބޮޑެތި ވަޅުގަނޑުތަކަށާއި އަޑިގުޑަން ސަރަޙައްދުތަކަށް ވެލިއަޅައި އެއްވަރުކޮށްފައި ވީނަމަވެސް މަގުތަކުގެ ހާލަތަށް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް ރަށުގެ ޒުވާނުން ބުނެއެވެ. އެހެންކަމުން ޒުވާނުންގެ އަޑު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިއްވުމަކީ މި ހަރަކާތުގެ މައިގަނޑު މަޤްޞަދު ކަމަށް މިކަމުގައި ހަރަކާތްތެރިވި ޒުވާނުން ވަނީ ބުނެފައެވެ. ނައި ފަރު ޒުވާނުން ބުނަނީ "ވަގުތެއް ވީމަ ނައިފަރު ޒުވާނުންގެ އަޑުވެސް އަހާލައްޗޭ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް" މިހެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *