ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 8،800 މީހަކަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދީފިއެވެ.
ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންނަށް 10،000 ވެކްސިން ޑޯޒް ހާއްސަކޮށް ވެކްސިން ރަޖިސްޓްރޭޝަންއަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ. ވެކްސިން ދިން 8،800 މުވައްޒިފުންނަކީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒިފުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އެއީ ފްރަންޓްލައިން މުވައްޒިފުންގެ 30 ޕަސެންޓް ކަމަށެވެ.
ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި އުމުރުން 18 އަހަރާ 20 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ޖެހޭނެއެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ. ދެވަނަ ޑޯޒް ޖަހަންޖެހެނީ 8 ހަފްތާ ފަހުންނެވެ.
ރާއްޖޭގައި މިހާތަނަށް ކޯވިޑް-19ގެ ވެކްސިން 137،124 މީހުންނަށް ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ