އެމްޑީީގައި ހަރަކާތްތެރިވާ ވަކަރުގޭ މީހުން ދައްކާ ބިރަކުން ފަހަތަށް ނުޖެއްސޭނެކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ޒައިދުގެ ގާތް އެކުވެރިޔާ އަދި ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު އަދާކުރައްވާ ވަޒީފާއިން ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. ޝައިޚު ޒައިދު ވަނީ ޑރ.އިޔާޒަށް ހިތްވަރު ދެއްވައި މިވަގުތު ސާބިތުކަމާއިއެކު ކުރިއަށް ދިއުމަށް ދަންނަވާފައެވެ. އަދި މިއީ ކުރިމަތިވެފައިވާ އިމްތިހާނެއްކަން ދެކި ސާބިތުކަމާއިއެކު ކުރިއަށް ވަޑައިގެންނެވުމަށް ޝައިޚު ޒައިދު ވަނީ އިޔާޒަށް ގޮވާލައްވާފައެވެ.
ދީނީ ގޮތުން ދޭ ލަފަޔާއި، ފާޅު ކުރާ ޚިޔާލުތަކަށް ލާދީނީ މީހުން އަބަދުވެސް ހިތްޕުޅާނުވާނެކަމަށާއި، އެފަދަ މީހުން ދައްކާ ބިރަށް ފަސް ޖެހުމެއް ނެތްކަމަށްވެސް ޝާއިޚު ޒައިދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ވަކަރުގޭގައި ހަރަކާތްތެރިވާ މީހުން ދައްކާ ބިރަކުން ކުރާ މަސައްކަތް ހުއްޓުވައި ފަސްޖެހޭނެކަމަށް ދެކުމަކީ ކުށް ހީއެއްކަމަށް ޝައިޚު ޒައިދު ވަނީ ވިދާޅުވެފައެވެ.
ޢަޚާ، ޑރ.އިޔާޒު އެވެ. މަނިކުފާނު ސާބިތުވެ ވަޑައިގެން ކުރިއަށް ވަޑައިގަންނަވާށެވެ! ލާދީނީ މީހުން ދައްކާ ބިރަކަށް ފަހަތަށް ޖެހުމެއްނެތެވެ! މި އީ މަނިކުފާނުގެ އިމްތިހާނުގެ ވަގުތެވެ! ކެތްތެރިވާށެވެ! އެމްޑީޕީގެ ވަކަރުގޭ މީހުން ދައްކާ ބިރަކުން އަޅުގަނޑުމެން ފަހަތައް ނުޖެއްސޭނެއެވެ.
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ޑރ.އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ އިއްޔެގައެވެ. ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ.އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ފާޅުކުރަމުންދާ ޚިޔާލު ތަކާއި ގުޅިގެންނެވެ. ޑރ.އިޔާޒަށް ވަނީ ސޯޝަލް މިޑީޔާގައި ދައްކަވާ ވާހަތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީން ތަފާތު އެކި ފަހަރުމަތީން ފިޔަވަޅު އަޅާނެކަމަށް އަންގާފައެވެ.
މިކަންކަމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވެފައިވަނީ ވަކި ބައެއްގެ ނުފޫޒާއިއެކު ވަޒީފާގެ ބިރުދައްކައިގެން ފާޅުކުރަމުންދާ ޚިޔާލުތަކާއި، ދައްކަވާ ވާހަކަތައް ހުއްޓުވާނުލެވޭނެކަމަށެވެ. އަދި ވަޒީފގެ ބިރު ދައްކައިގެން ކުރަމުންދާ މަސައްކަތް ހުއްޓާލާނެކަމަށް ދެކުމަކީ ވަރަށް ދެރަކަމެއްކަމަށް ޑރ.އިޔާޒުވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ