ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ އއ.މާޅޮހުގައެވެ.
މިހާދިސާއާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ އެ ކުއްޖާ ގެއްލިގެން ހޯދަނުން ދަނިކޮށް ފެނުނީ މޫދުގައި މަރުވެފައި އޮއްވާ ކަމަށެެވެ. އެ ކުއްޖާ މޫދުގައި އޮއްވާ ފެނިފައި ވަނީ މިއަދު ހަވީރު 17:50 ހާއިރު ކަމަށާއި، ކުއްޖާ މޫސުން ނެގިއިރުވެސް ވަނީ މަރުވެފައިކަމަށް ފުލުުން ބުނެއެވެ.
އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
މިއަދު ހަވީރު ހިނގި މިހާދިސާގައި މަރުވެފައިވަނީ 12 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެކުއްޖާ މަރުވީ އާއިލާއާއެކު އެރަށުގެ ދެކުނު ފަރާތަށް މޫދަށް ގޮސް އުޅެނިކޮށްކަމަށާއި އެ ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އެކުއްޖާ ނުފެނިގެން ހޯދަމުންދަނިކޮށްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ