އިދިކޮޅު ކޯލިޝަނުން މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ މުޒާހަރާ މިރޭވެސް ކުރިއަށް ގެންދާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އެކޯލިޝަނުން ބުނެފައިވަނި ކޮންމެ ހުކުރު ދުވަހު ކުރަމުންދާ މުޒާހަރާތައް އިރުއޮއްސި ހަޔެއް ޖެހުމާއި ހަމައަށް މެދު ކަނޑާލިނަމަވެސް މިއަދު ކުރިއަށް ގެންދާ މުޒާހަރާ މިރޭވެސް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. މުޒާހަރާތެރެއިން މީހުން ހައްޔަރުކޮށް ބަންދު ކުރި ކަމުގައި ވީނަމަވެސް ތިބި ބަޔަކާއިއެކު މުޒާހަރާ މާލޭގެ އެކި މަގުތަކުގައި ކުރިއަށް ގެންދިއުމަށް އެކޯލިޝަނުން ވަނީ ނިންމާފައެވެ.
މުޒާހަރާ ތެރެއިން މިހާތަނަށްވެސް ގިނަ ބަޔަކު ވަނީފުލުހުންގެ ބެލުމުގެ ދަށަށް ގެންސްގޮސްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީގެ ކައުންސިލް މެމްބަރުންނާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކުރިމަތިލާފައިވާ އެ ކޯލިޝަންގެ ބައެއް ކެންޑިޑޭޓުންވެސް ހިމެނެއެވެ.
މާލޭގައި އިދިކޮޅު ކުރަމުންދާ މުޒާހަރާ ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށްނެރެ ދަނީ ގިނަބަޔަކު ހައްޔަރު ކުރަމުންނެވެ. ނަމަވެސް މިހާރުވެސް މާލޭގެ އެކި މަގުތަކުގައި އިދިކޮޅު ކޯލިޝަންގެ ބައިވެރިން ދަނީ އަޑު އުފުލަމުންނެވެ.
ކޮމެންޓު ފޮނުވާ