މޯލްޑިވިއަން ސީޕްލައިގައިވެސް އޮތީ ރޯޔަލް ފެމެލީގެ ނުފޫޒާއި ބާރު: ސައީދު

މޯލްޑިވިއަން ސީޕްލައިގައިވެސް އޮތީ ރޯޔަލް ފެމެލީގެ ނުފޫޒާއި ބާރު: ސައީދު

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2021 03:16
0

މުޅި ސަރުކާރުގެ ތެރޭގައި މިއަދު އޮތީ ރޯޔަލް ފެމެލީގެ ނުފޫޒއި ބާރުކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ސީޕްލޭންގެ ޕައިލެެޓުން މުޒާހަރާ ކުރަމުންދަނީ، ޗީފް ޕައިލެޓްއަކަށް ކުރިން ހުރި ކެޕްޓަން މުސްތަފާ މަންސޫރު އެއްވެސް ސަބަބަކާއި ނުލައި ވަޒީފާއިން ވަކިކުރުމާއި ގުޅިގެން މޯލްޑިވިއަން ސީޕްލޭންގެ ބައެއް ޕައިލެެޓުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ދާތީ ކަންބޮޑުވުން ފާޅުކޮށް ސައީދު ވިދާޅުވީ މިއީ ވަރަށް ހިތާމަހުރި ކަންތައްތަކެއް ކަމަށެވެ.

މިފަދަ ކަންކަން ހިނގަމުންދަނީ ސަރުކާރުގެ ތެރެއަށް ރޯޔަލް ފަމެލީގެ ނުފޫޒާއި ބާރުވެރިކަން އިންތިހާއަށް ވަދެ، އެބޭފުޅުން ބޭނުންހާ ގޮތަކަށް ކަންކަން ބައްޓަން ކުރަމުންދާތީކަމަށް ސައީދު ވިދާޅުވިއެވެ. ރާއްޖޭގައި ހުރި ކުންފުނިތަކުގެ ތެރެއިން މޯލްޑިވިއަން ސީޕްލައިނަކީ ވަކި ޚާއްސަ އުސޫލުތަކާއި ސިޔާސަތުތަކެއްގެ ދަށުން ހިނގާ ތަނަކަށްވާއިރު އެތަނުގެ ހިންގުމަށާއި، މުވައްޒިފުންނަށް ކުއްލި ކުއްލިއަށް ބަދަލު ގެނެސް ފިޔަވަޅު އަޅަމުންދާކަމީ ކުންފުންޏަށް އެކަމުން ނޭދެވޭ އަސަރު ކުރާނެކަމެއްކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓާލައި ނުފޫޒުން އެ ކުންފުނި އެއްކިބާ ކުރުމަށް ސައީދު ވަނީ ގޮވާލައްވާފައެވެ.

ސަރުކާރުގެ ތެރެއަށް ރޯޔަލް ފެމެލީ ވަދެ، މުޅި ނިޒާމަށް ނުފޫޒު ފޯރުވުން މިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އާންމު އަދި ޚައްސާސް ކަމަކަށް ހަދާފަ. މޯލްޑިވިއަން ސީޕްލައިންގެ މުވައްޒިފުންގެ ތެރޭގައިވާ އުސޫލުތައް ހިފަހައްޓައި، ކުންފުނީގެ މިނިވަންކަން ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލަން.

– ސައީދު ވިދާޅުވިއެވެ.

މޯލްޑިވިއަން ސީޕްލައިންގެ ބައެއް ޕައިލެޓުން ކުރަމުންދާ އިހުތިޖާޖު ތަކާއި ގުޅިގެން ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ މީޑިޔާ ޑިރެކްޓަރ މޫސާ ވަސީމް ވިދާޅުވީ މި ހަރަކާތުގައި މޯލްޑިވިއަން ސީޕްލޭންގެ ހުރިހާ ޕައިލެޓުން ބައިވެރިނުވާ ކަމަށާއި، މިކަމުގެ ސަބަބުން އެ އެއާލައިންގެ އޮޕަރޭޝަންތަކަށް އަސަރެއް ނުކުރާ ކަމަށެވެ. އަދި ގެނެވުނު އިންޓާނަލް ސްޓްރަކްޗަރ ބަދަލާއި މެދު ހިތްހަމަ ނުޖެހޭ ބައެއް ޕައިލެޓުން އުޅޭކަން އެ އެއާލައިންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަސަރޭ
ބަލަގަ މިއީ އަހަރުމެންގެ ސަރުކާރު. ބޭނުން ގޮތެއް ހަދާނީ
ހ ހުނޭ
ހަމަ ރަގަޅައް ޢަސަރޭ ބުނީ