ސިނަމާތަކާއި ޓްރެކްތަކާއި، ޕާކްތައް ބަންދުކުރަން އަންގައިފި

ސިނަމާތަކާއި ޓްރެކްތަކާއި، ޕާކްތައް ބަންދުކުރަން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2021 10:24
0

ސިނަމާތަކާއި، ޓްރެކްތަކާއި، ޕާކްތައް ބަންދުކުރަން އަންގައިފިއެވެ.

އެޗްޕީއޭއިން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގް ވިދާޅުވީ މާދަމައިން ފެށިގެން ކުރިއަށް އޮތް 7 ދުވަހަށް މާލެ ސަރަހައްދުގައި ހިންގާ ހުރިހާ ސިނަމާތަކާއި، ދުވާ ޓްރެކްތަކާއި، ޕާކްތައްވެސް ބަންދު ކުރަން ނިންމާފައިވާކަމަށެވެ. މާލެ ސަރަަހައްދުގައި ބަލީގެ ނުރައްކާ ބޮޑުވެ އިތުރުވަމުންދާތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގައި ކަސްރަތާއި، ކުޅިވަރުގެ އެއްވެސް ޓީމް ހަރަކާތެއް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ނުގެންދިއުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ ހުރިހާ ކޮލެޖް ޔުނިވާސިޓީތަކަށް ދަރިވަރުން ގޮސްގެން ކިޔެވުން މެދު ކަޑާލުމަށްވެސް ވަނީ އަންގާފައެވެ.

ޑރ،ނަޒްލާ ވިދާޅުވީ މީގެ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިއަދު މުއްދަތު ހަމަވެފައިވަތީ އިތުރު 7 ދުވަހަށް އެމުއްދަތު އިތުރު ކުރުމަށް ނިންމާފައިވާކަމަަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓުން ދޭ ޚިދުމަތް ތަކުގެ ތެރެއިން އެތަންތަނުގައި ތިބެގެންދޭ ޚިދުމަތް ރޭގަނޑު 8 ގެ ފަހުން ނުދިނުމާއި، ޑެލިވަރީ 10 ގެ ފަހުން ނުދެވޭ ގޮތަކަށް ކަނޑައަޅާފައި އޮތް އޮތުމަށްވެސް ވަނީ އިތުރު ހަތް ދުވަހަށް އިތުރު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.