Ad
މާލެ ސަރަޙައްދުގައި އެންޓިބޮޑީ ޓެސްޓް ހަދަން ފަށައިފި

މާލެ ސަރަޙައްދުގައި އެންޓިބޮޑީ ޓެސްޓް ހަދަން ފަށައިފި

Author
ހުސައިން
15 އޮކްޓޯބަރ 2020 08:05
0

މާލެ ސަރަހައްދުގައި "މުޖުތަމަޢުގެ ތެރޭގައި" ކޯވިޑް-19 ޖެހި އެބަލިން ރަނގަޅުވެފައިވަނީ ކިހާ ޢަދަދެއްގެ މީހުންތޯ ދެނެގަތުމަށްޓަކައި އެންޓިބޮޑީ ޓެސްޓު ހަދަންފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މާލެ ސަރަޙައްދުގައި އެންޓިބޮޑީ ޓެސްޓު ހަދަން ފަށާފައިވަނީ ޢުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ކަމަށެވެ.

މިޓެސްޓަކީ މުޖުތަމަޢުގައި އުޅޭ ހުރިހާ ޢުމުރުފުރައެއްގެ މީހުންގެ ހަދަން ނިންމާފައިވާ ޓެސްޓެއް ނަމަވެސް އެންމެފުރަތަމަ ޓެސްޓްކުރަން ނިންމާފައިވަނީ ސްކޫލަށްދާ ޢުމުރުފުރައިގެ ކުދިންނެވެ.

ޑރ.ނަޒްލާ ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19އަށް ހުށަހެޅިފައިވާ މީހުންގެ އިންސައްތަ ދެނެގަތުމަށް ކުރިއަށްގެންދާ މިދިރާސާއަކީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ.

ޢާއްމުންގެ މެދުގައި ކޯވިޑް-19ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި ވިދާޅުވެފައެވެ. ކޯވިޑް-19 ދެނެގަތުމަށް ކުރާ ޓެސްޓެއް ކަމުގައި ކަނޑައަޅާފައިވަނީ ޕީ.ސީ.އާރް ޓެސްޓްކަމަށާ، ޕީ.ސީ.އާރު ޓެސްޓު ހެދޭނީ ނެޝެނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތައް މެދުވެރިކޮށްކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެންޓި ބޮޑީ ޓެސްޓު ހަދަނީ މުޖުތަމަޢުގައި ބަލި ފެތުރޭ މިންވަރު ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ކުރުމުގެ ގޮތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.