ގއ. ވިލިނގިލީ ފަޅު ތެރޭގައި ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް ސީރިއަސް އަނިިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ ވިލިނގިލީ ފަޅުން ނިކުންނަން ދިޔަ ދޯންޏަކާއި، އެރަށު ފަޅަށް ވަންނަން އައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ލޯންޗްގެ ދެ ފަޅުވެރިއަކާއި ދޯނީގެ ދެ ފަޅުވެރިއަކަކަމަށެވެ.
އެކްސިޑެންޓްގައ އަނިޔާވި ހަތަރު މީހުން ވިލިނގިލީގައި ހުންނަ އެއަތޮޅުއަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށް ބުލުހުން ބުންނެވެ. ނަމަވެސް އެމީހުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާތަކެއްކަމަށް ފުލުހުން ނުބުނެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުން ބައެއް މީހުންނަށް ިބު އަނިޔާ ސީރިއަސްކަމުން މާލެ ގެނައުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެކަންތައް އިތުރަށް ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ