މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް އެގައުމުގައި އެތައް ހަފްތާއެއްވަންދެން މެދުނުކެޑި ކުރިޔަށްދާ މުޒާހިރާތަކުގައި، އާދީއްތަ ދުވަހު ފުލުހުން މުޒާހިރާގެ ތެރެއަށް އަސްލު ވަޒަން ޖެހުމުގެ ސަބަބުން، މިޔާންމާގެ އެކި ހިސާބުތަކުގައި އާންމުންގެ 6 މީހަކު މަރުވެއްޖެއެވެ.
މިއީ މިފަހްތާގައި، މިޔަންމާރގެ އެކި ސަރަހައްދު ތަކުގައި ހިގި ހަމަނުޖެހުންތަކުގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ.
މިޔަންމާގެ އެންމެ ބޮޑު ސިޓީކަމުގައިވާ، ޔަންގޫންގައި އާދީއްތަ ދުވަހު މުޒާހިރާތައް ފެށުނުތަނާ ކަހަލަ ގޮތަކަށް، ފުލުހުންވަނީ ގިނަ އަދަދަކަށް މަގުތަކަށް ޖަމާވެ، ކަރުނަ ގޭހާ، ސްޓަން ގްރެނޭޑު ބޭނުންކޮށް އަދި ވަޔަށް ބަޑި ޖަހާ މުޒާހިރާގެ ބައިވެރިންނަށް އިންޒާރު ދީފައެވެ. އެހެންނަމަވެސް، މިއިންޒާރުތަކަށްވެސް، ބަލާލުމެއްނެތި، މުޒާހިރާތައް ކުރިޔަށް ދާން ފެށުމުން ފުލުހުންވަނީ މުޒާހިރާގެ ބައިވެރިންގެ ތެރެއަށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑި ޖަހާފައެވެ.
މިހާރު މިޔަންމާރގައި ހިގަމުންދާ މުޒާހިރާތައް ކޮންޓްރޯލް ކުރުމަށް އަސްކަރީ ސިފައިންވެސް ވަނީ މަގުތަކަށް ނެރެފައެވެ.
"ދަ މިޔަންމާރ މީޑީއާ ގްރޫޕް" ނަމަކަށްކިޔާ ސޯޝަލް މީޑިއާ ޕްލެޓްފޯމްއަކުން ޓުވިޓަރގައި އާންމު ކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ވެރިރަށް ޔަންގޫންގެ ހެޑާން ސެންޓަރ އިންޓަރސެކްޝަން ކައިރިއަށް ވެއްޓިފައިވާ މީހަކު ފެނިފައި ވެއެވެ. އަދި އެވީޑިއޯއިން ބުނާގޮތުގައި، އޭނާ ވެއްޓިފައިވަނީ ފުލުހުން މުޒާހިރާގެ ބައިވެރިންގެ ތެރެއަށް ޖެހި އަސްލު ވަޒަނެއް އެނާގެ މެއަށް އަމާޒުވެގެން ކަމުގައެވެ.
ފުލުހުން މުޒާހިރާގެ ބައިވެރިންގެ ތެރެއަށް ބަޑި ޖެހި މަންޒަރު ދުށްމީހުން ފްރޮންޓިއަރ މެގަޒިނަށް ކިޔައިދީފައި ވާގޮތުގައި، ކައިރީގައި ހުރި ބަސް ސްޓޭޝަނެއްގައި ހިމާޔަތް ހޯދައިގެންތިބި ބައެއްގެ ތެރެއަށް ފުލުހުން އަސްލު ވަޒަން ބޭނުން ކޮށްގެން ބަޑިޖެހުމުގެ ސަބަބުން، އެކަކު މަރުވެ އަދި އިތުރު މީހަކު ޒަޚަމް ވެފައި ވެއެވެ.
Protesters say one man has been killed after police opened fire on people sheltering in a bus stop at Hledan. Several others have been injured. Police began firing live rounds at around 8:45am.#WhatsHappeningInMyanmar #milkteaalliancemyanmar
Read more: https://t.co/g7NJ8V0tMf pic.twitter.com/qyVVNHEidE— Frontier Myanmar (@FrontierMM) February 28, 2021
ގަޔަށް ވަޒަން އެރި މީހާއަށް ފަރުވާ ދިނުމަށް ގެންދެވުނު ހޮސްޕިޓަލުގެ ޑޮކްޓަރުންވަނީ، އޭނާ މަރުވެފައިވާކަން ރޮއިޓާސް ނޫހަށް ޔަގީން ކޮށްދީފައެވެ.
VIDEO: Protesters flee as police break up a protesting crowd at Sanchaung in Yangon on Sunday morning, using stun grenades and tear gas. #whatshappeninginMyanmar #2021uprising pic.twitter.com/MBjRqDNIZZ
— Myanmar Now (@Myanmar_Now_Eng) February 28, 2021
އާދީއްތަ ދުވަހު، މިޔަންމާރގެ ފުލުހުން އާންމުންގެ ތެރެއަށް ބަޑިޖަހާފައި މިވަނީ، މިޔަންމާރއިން ޔޫއެންއަށް ކަޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު، ގައުމަށް ބޭވަފާތެރި ވުމުގެ ސަބަބުން، މަގާމުން ވަކިކުރިކަން އެގައުމުގެ ގައުމީ ޓީވީން އާންމު ކޮށްފައި ވަނިކޮށެވެ.
މިޔަންމާއިން ޔޫއެންއަށް ކަޑައަޅާފައި ހުންނަވާ ސަފީރު، ކިޔޯވް މޮއި ޓުން ވަނީ، ފެބްރުއަރީ 1 ވަނަ ދުވަހުގެ ބަޢާވާތް ނާކާމިޔާބުކޮށް، އެގައުމުގެ އިންތިޚާބީ ސަރުކާރު އަބުރާ ވެރިކަމަށް ގެނައުމަށް، ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ބައިނަލް އަގުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އޭނާ މިގޮތަށް ގޮވާލައްވާފައިވަނީ، ޔޫއެންގެ އާންމު މަޖިލިހުގައި ވާހަކަ ދައްކަވަމުންނެވެ.
ފާއިތުވެދިޔަ ނޮވެމްބަރު މަހު ބޭއްވުނު އިންތިޚާބުގައި ސޫކީގެ ނޭޝަނަލް ލީގު ފޮރ ޑިމޮކްރަސީއިން ވަނީ، ބޮޑު އަޢުލަބިއަޔަތަކުން މިއިންތިޚާބު ކާމިޔާބު ކޮށްފައެވެ. އެހެންނަމަވެސް، ބަޢާވާތަކުން އިންތިޚާބީ ސަރުކާރު ބަދަލު ކޮށްލުމަށް އަސްކަރިއްޔާއިން ދައްކާފައިވާ ހުއްޖަތަކީ މިއިންތިޚާބު އޮޅުވާލައިގެން އަންގސަންގ ސޫކީގެ ޕާޓީއިން ކާމިޔާބު ކޮށްފައިވާކަމުގެ އުޒުރުތަކެވެ.
ހުޅަނގުގެ ގައުމުތަކުން، ވަކިން ޚާއްސަކޮށް އެމެރިކާއައި އިގިރޭސިވިލާތުންވަނީ، މިޔަންމާއަށް ގެނެވުނު ބަޢާވާތް ކުއްވެރި ކޮށްފައެވެ. އިގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ، މިޔަންމާރގެ އަސްކަރިއްޔާއިން ދައްކަމުންދަނީ އަމިއްލައަށް ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށާއި، އަދި އަސްކަރީ ސަރުކާރުންވަނީ އެތައްބައެއްގެ އިންސާނީ ހައްގުތަކަށް އަރައިގެންފައި ކަމުގައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، މިޔަންމާގެ ހާލަތާއިމެދު އެގައުމުން ކަންބޮޑުވާ ކަމުގައެވެ. އަދި އެމެރިކާއިންވަނީ މިޔަންމާއާ ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާން ކޮށްފައެވެ.