ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްގެ ފެކްޝަނުން ކުރައްވަން އުޅުއްވާކަމަކީ މިނިވަން ނޫސްވެރިކަން މަރާލުންކަމަށް، އިތުބާރު ނެތްކަމުގެ ެމައްސަލަ މަޖިލީހަށް ވައްދާފައިވާ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ކުރިއަށް ގެންދާ މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އިޝާރާތް ކުރައްވާ މިނިސްޓަރ މަލީހު ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ވަކި ފެކްޝަނަކުނ ކުރައްވަން އުޅުއްވާކަމަކީ މިނިވަން ނޫސްވެރިކަން މަރާލުންކަމަށާއި،މިފެންނަނ ކީހާ ޅެން ފަރިއްސައް ވާތަންކަމަށެވެ.
ޓީވީތަކުގައި ޚިޔާލުފާޅު ކުރެވެން ޖެހޭނެ، މާއްދާ 29. އެހެނޭ ކިޔާފަ ފިޔަވަޅު އެޅުމުން މިއޮއްހާ ދުވަހުކީ ޅެން ފަރިއްސައް ތިޔަވަނީ. ހަޖަމް ނުވި ޕްރޮގްރާމް.
– މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް
Maadhamaa Majlihuge thiya faction in kurahvan thiya ulhuhvaa kamakee minivan noosverikanves maraalun. TV thakuga khiyaalu faalhu kureven jeheyne #Maadhaa29. Eheney kiyaafa fiyavalhu elhumun miyonhaa dhuvahu kee lhen farissah thiyavanee. Hajamnuvi program https://t.co/iarNb1rcU8
— Mohamed Maleeh Jamal (@maleehjamal) February 28, 2021
މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.
މިނިސްޓަރ މަލީހަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އިތުބާރު ނެތްކަން ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ހުށައެޅުމަށް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަދުވަހުއެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވެއްދުމާއި ގުޅިގެން އޭރު މަލީހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ޤާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ. މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެނިންމުމަކީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ވަކާލާތު ކުރައްވަމުންދިޔަ ބޭފުޅުން އަމިއްލަ ބައިކޮޅަށް ޖެއްސެވި ގޯލެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން މޮހޮރު ޖައްސަވަމުންދަނީ އަމިއްލަ ސަންދޯކަށް ކަމުގައި ވިދާޅުވެ މިނިސްޓަރ މަލީހުގެ ބަހު ހަމަލާތަކެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އަމާޒުކޮށްފައިވެއެވެ.
މަޖިލީހުގެ ޤަވައިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅޭނީ 10 މެމްބަރުންގެ ސޮޔާއިއެކުއެވެ. އަދި އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. އެހެންކަމުން މަލީހް މަގާމުން ވަކިކުރަން ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ.
ކޮމެންޓު ފޮނުވާ