ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
28 ފެބްރުއަރީ 2021 08:45
0

ކޯވިޑް-19ގައި އިތުރު މީހަކު އަނެއްކާވެސް ނިޔާވެފައެވެ. މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި62 ވަނަ މީހާއެވެ.

މިއަދު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އައި ޢުމުރުން62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ރޭ ފަތިހު 05:06 ހާއިރުއެވެ. މިއީ މިމަހުގެ މިހާތަނަށް ނިޔާވި 10 ވަނަ މީހާއެވެ. މިއީ ރާއްޖޭގޭގައި މިބަލީގައި ނިޔާވި ނިސްބަތަށް ބަލާއިރު %16 އެވެ. ރާއްޖޭގައި މިހާތަނަށް ނިޔާވި 62 މީހުންގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖޭގައި ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އިތުރުވެ، މިބަލީގައި ނިޔާވާ މީހުންވެސް އިތުރުވެފައެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 2400 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.