ހުޅުމާލެ ޖަލުން ފިލި ބިދޭސީ މީހާ ހޯދައިފި

ހުޅުމާލެ ޖަލުން ފިލި ބިދޭސީ މީހާ ހޯދައިފި

Author
މުޙައްމަދު ޖިމީ
28 ފެބްރުއަރީ 2021 08:38
0

އިމިގްރޭޝަން ޤާނޫނާ ޚިލާފަށް އުޅުމުގެ ސަބަބުން ރާއްޖެއިން ޑީޕޯޓުކޮށްލުމަށް ބަންދުކޮށްފައި ހުއްޓައި ފިލި ބިދޭސީ މީހާ ހޯދައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކޮމިޝަނަރ އޮފް ޕްިޮޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލާފައިވާ ބަންގްލަދޭޝް މީހެއްކަމަށްވާ އަސަނަރއާއި ގުޅޭގޮތުން އާންމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއި އެކު އޭނާ ހޯދައި، ރޭ ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ގެގެންގޮސްފައިވާކަމަށެވެ.

ޢުމުރުން 32 އަހަރު އެފިރިހެން މީހާ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އޭނާއަށް ފިލުނީ ކިހިނެއް ކޮންގޮތަކަށްކަމެއް ކަރެކްޝަނަލް ސާވިސްއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭނާ އަކީ ރާއްޖޭގެ ޤާނޫނާއިު ޚިލާފްވެގެން ޑީޕޯޓްކޮށްލަން ނިންމާފައިވާ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.