200 ކުއްވެރިއަކު ޖަލުން ފިލާފައިވާއިރު، 25 މީހަކުވަނީ މަރުވެފަ

ހެއިޓީގެ ޖަލެއް ފަޅާލައި، 25 މީހަކު މަރުވެ، 200 ކުއްވެރިއަކު ފިލައިފި

ހެއިޓީގެ ޖަލެއް ފަޅާލައި، 25 މީހަކު މަރުވެ، 200 ކުއްވެރިއަކު ފިލައިފި

ހެއިޓީގެ ޖަލެއް ފަޅާލައި، 200 ކުއްވެރިއަކު ފިލައި، އަދި މި ހަމަ ނުޖެހުންތަކުގައި، 25 މީހަކު މަރު ވެއްޖެއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ޕްރިޒަނަލް ޑައިރެކްޓަރުވެސް ހިމެނެއެވެ.

މިހަފްތާގެ ބުރާސްފަތި ދުވަހުވެސް މިޖަލުން ވަނީ 400 ކުއްވރެރިއަކު ފިލާފައެވެ. އަދި އޭއެފްޕީ ނޫސް އޭޖެންސީން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިދުވަހުގެ ހާދިސާގައި، މަރުވެފައިވާ 3 ކުއްވެރިއެގެ ހަށިގަޑު މަގުމަތީގައި ވަނިކޮށް ފެނިފައިވާއިރު، ފިލައިގެން ދިޔަ ކުށްވެރިންގެ ތެރެއިން ބައެއް ކުށްވެރިން، ހަތިޔާރުއެޅި ލޮރީތަކަށް ލައިގެން ގެންދަނިކޮށްވެސް ވަނީ ފެނިފައެވެ.

"ޖަލުގެ ޑިވިޝަން އިންޕެންޓަރ ޕައުލް ހެކްޓަރ ޖޯސެފްގެ އިތުރުން 6 ކުއްވެރިއަކާއެކު 25 މީހަކު ވަނީ، މަރުވެފައި،" ހެއިޓީގެ ވެރިރަށް ޕޯޓު-އައު-ޕްރިންސްގެ އަވަށެއްގައި ހުންނަ މިޖަލުން ގިނަ އަދަދެއްގެ ކުއްވެރިން ފިލައިގެން ދިއުމާ ގުޅޭގޮތުން، ހެއިޓީގެ ކޮމިއުނިކޭޝަން ސެކެޓްރީ ފްރާންސް އެކްސަންޓަސް ވިދާޅުވެފައި ވެއެވެ.

"މަރުވެފައިވާ ބައެއް މީހުންނަކީ، ފިލައިގެންދިޔަ ކުށްވެރިން މަރާލާފައިވާ އާދައިގެ އާންމު ރައްޔިތުން،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

200 އެއްހާ ކުއްވެރިން އަދިވެސް ދަނީ ހޯދަމުން، "ޕޮލިހުން ދަނީ މިއެންމެން ހޯދާ އަބުރާ ޖަލަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން، މީގެ ތެރޭގައި ހިމެނޭ ބައެއް މީހުން ތިބޭނީ ފުރަގަހަށް ދެއަތް ބަދެފަ، މިމީހުންނަށް ފިލައިގެން މާދުރަކަށް ނުދެވޭނެ،" އެކްސަންޓަސް ވިދާޅުވެފައި ވެއެވެ.

މަރުވެފައިވާ ކުށްވެރިންގެ ތެރޭގައި ހިމެނޭ އެކަކީ، ޖަލުގެ އުތުރުން 120 ކިލޯ މީޓަރު ދުރުގައި ހުރި ޕޮލިސް ޗެކްޕޮއިންޓެއްގައި ބަޑިޖަހާ މާރާލާފައިވާ، ހެއިޓީގެ މަޝްހޫރު ގޭންގް ލީޑަރެއްކަމުގައިވާ، އާރނެލް ޖޯސެފްއެވެ.

"އާރނެލް ޖޯސެފް މަރުވެފައިވަނީ، އެނާ ދަތުރުކުރަމުން ދިޔަ މޮޓޯސައިކަލް ޕޮލިހުން ހުއްޓުވުމާއެކު އޭނާ ޕޮލިހުންނަށް ހަމަލާ ދޭން ފެށުމުން، ބަދަލުގައި ފުލުހުން ދިން ބަޑީގެ ހަމަލާތަކުގައި،" އެކްސަންޓަސް އިތުރަށް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ޖޯސެފްއަކީ، ހެއިޓީގެ އެންމެ ބޮޑު އެންމެ ވަރުގަދަ ކްރިމިނަލް ނެޓްވާރކްގެ ލީޑަރެވެ. އަދި އޭނާ ހައްޔަރު ކުރެވިފައިވަނީ، 2019 ވަނަ އަހަރުއެވެ. އޭނާވަނީ، ފާއިތުވެދިޔަ އަހަރުގެ ޖުލައިމަހުވެސް، ޖަލުން ފިލުމަށް ތައްޔާރު ކޮށްފައިވާ ޕްލޭންގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރުމަށްފަހު، ޖަލުން ފިލުމަށް މަސައްކަތް ކޮށްފައެވެ.

މީހަކު މެރުމުގެ ކުށުގައި ޖަލަށް ލެވިފައިވަނިކޮށް، ޖޯސެފްވަނީ، 2010 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް، ހެއްޓީގެ ވެރިރަށް ޕޯރޓު-އައު-ޕްރިންސްގައި ހުންނަ ދެފަހަރެއްގެ މަތިން ފިލާފައެވެ.

ކުށްވެރިން ފިލާފައިވާ، ހެއިޓީގެ ކްރޮއިކްސް-ޑެސް-ބޮކުޓްސް ޖަލަކީ، ކެނެޑާގެ އެހީގައި ބިނާކުރެވި، 2012 ވަނަ އަހަރު ހުޅުވުނު ހައި ސެކިއުރިޓީ ޖަލެކެވެ. މިޖަލުގެ އަސްލު ކެޕޭސިޓީއަކީ 872 ކުށްވެރިން ކަމުގައިވި ނަމަވެސް، މިޖަލުން މީހުން ފިލުމާ ހަމައަށް މިއަދަދުގެ ދެގުނަ ކުށްވެރިން މިޖަލުގައި ބަންދު ކުރެވިފައިވާކަމަށް ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *