ދެވަނަ ފަހަރަށް މުބާރާތް ލަސްކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ޖަޕާން އޮލިމްޕިކްސް ކޮމިޓީން ވަނީ ބުނެފަ

ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު މަދުވެ، ޖަޕާނުން ސްޓޭޓް އޮފް އެމަޖެންސީއަށް ލުއިދެނީ

ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު މަދުވެ، ޖަޕާނުން ސްޓޭޓް އޮފް އެމަޖެންސީއަށް ލުއިދެނީ

ޖަޕާނުގައި ކޯވިޑް19އަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު ދައްވަމުން ދިއުމާގުޅިގެން، މީގެ 2 މަހެއްހާ ދުވަސްކުރިން އިއުލާން ކޮށްފައިވާ، ސްޓޭޓް އޮފް އެމަޖެންސީގެ މުއްދަތު ހަމަވުމުގެ ކުރިން އެގައުމުގެ ބައެއް ހިސާބުތައް އާންމު ހާލަތަކަށް ގެނައުމަށް ޖަޕާނުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އާދަޔާ ޚިލާފަށް ޖަޕާނުގައި ކޯވިޑް19އަށް މީހުން ޕޮޒިޓިވް ވަމުންދާން ފެށުމާއި ގުޅިގެން އެގައުމުގެ ސަރުކާރުން، ޖަޕާނުގެ ގިނަ ސިޓީތަކުގައި ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކުރިތާ 2 މަސް ދުވަސް ވެގެންދާނީ އަންނަ މާރޗްމަހުގެ 7 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، ފާއިތުވެދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭގައި، ޕޮޒިޓިވް ވަމުންދާ އަދަދުތައް އާދަޔާ ޚިލާފަށް ދަށްކުރެވިފައިވާތީ، ބައެއް ސްޓޭޓްތަކަށް އާންމު ހާލަތަކަށް މިގެނެވެނީ، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށެން އެންމެ 5 މަސްދުވަހަށް ވެފައި ވަނިކޮށެވެ.

ޖަޕާޏުގެ ވެރިރަށް ޓޯކިޔޯ ހިމެނޭގޮތުން، ސްޓޭޓް އޮފް އެމަޖެންސީގެ ހާލަތު އެގައުމުގެ 10 ސަރަހައްދެއްގައި އިއުލާން ކޮށްފައިވި ނަމަވެސް، ޖަޕާނުގައި އާންމު ކުރެވިފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތަކީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް ލުއި ފިޔަވަޅުތަކެއް ހިމެނޭގޮތަށް އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެކެވެ. މިގޮތުން، ސްޓޭޓް އޮފް އެމަޖެންސީގެ ހާލަތުގައި، މީހުން އެއްވުން ކޮންޓޯލްކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވަނީ، ހަމައެކަނި ބާރތަކާއި ރެސްޓޯރަންޓް ތަކުގައި އެކަންޏެވެ. މިގޮތުން ސަރުކާރުން އިލްތިމާސް ކޮށްފައިވަނީ، މިތަންތަން ރޭގަޑު 8:00 ގައި ބަންދުކުރުމަށެވެ.

އަދި މީގެއިތުރުން ސަރުކާރުން އިލްތިމާސްކޮށްފައިވަނީ، ސަރުކާރުގެ އޮފީސްތަކުގައި ކުރަންޖެހޭ މަސައްކަތައް ގޭގައި ތިބެގެން ކުރުމަށެވެ. އަދި ރޭގަޑު އަވަސް ގަޑިތަކުގައި ފިހާރަތައް ބަންދު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ރޭގަޑު 8:00 ގައި ބަންދުކުރާ ވިޔަފާރިތަކަށް ފައިސާގެ އިނާޔަތް ފޯރުކޮށްދިނުމަށްވެސް ޖަޕާން ސަރުކާރުންވަނީ ނިންމާފައެވެ.

ކޯވިޑް19ގެ ހާލަތު ގޯސްވާން ފެށުމާގުޅިގެން އެންމެ ފަހުން އެގައުމުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ފާއިތުވި ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އެއްމަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، ފެބުރުއަރީމަހުގެ 6 ވަނަދުވަހު، މާރޗް 7 ވަނަދުވަހާ ހަމައަށް މިހާލަތު ދެމެހެއްޓުމަށް އެގައުމުގެ ސަރުކާރުން ނިންމާފައި ވެއެވެ.

އެހެންނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު ހަމަވުމުގެ ހަފްތާއެއް ކުރިން، ޖަޕާނު ސަރުކާރުން ނިންމާފައިވަނީ، މިހާލަތު އިއުލާން ކުރި 10 ސަހަރައްދުގެ ކުރިން 6 ސަރަހައްދެއް އާންމު ހާލަތަކަށް ގެނައުމަށެވެ. މިގޮތުން، އަންނަ އާދީއްތަދުވަ، މިސަރަހައްދުތަކުގައި ދެމިއޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް މިހާރު ޖަޕާން ސަރުކާރުން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް، ވެރިކަން ކުރާ ޓޯކިޔޯއާއި ޓޯކިޔޯގެ ވަށައިގެންވާ ސަރަހައްދު ތަކުގައި، ޕޮޒިޓިވް ވާމީހުންގެ އަދަދު ދައްވަމުން ދިޔަ ރޭޓަށް މިހާރު ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާތީ، މިސަރަހައްދުތައް އާންމު ހާލަތަކަށް ނުގެނެސް އަދި ބޭއްވުމަށް ޖަޕާނުގެ ސިއްޙީ އިދާރާއިން ވަނީ ނިންމާފައެވެ.

މިމަހުގެ ކުރީކޮޅު ޖަޕާނުގެ ގާނޫނު އަދާ މަޖިލިހުން ވަނީ، ކޯވިޑާއި ގުޅިގެން އަޅާ ފިޔަވަޅުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ ގޮތުން މިކަމާގުޅޭ އާގާނޫނެއްވެސް ފާސްކޮށްފައެވެ. މީގެތެރޭގައި ސަރުކާރުން އަންގާ ގަޑިތަކުގައި ބަންދު ނުކޮށް ބަހައްޓާ ވިޔަފާރިތައް ޖޫރިމާނާ ކުރުމުގެ ފުރުސަތު މުވައްސަސާތަކަށް މިގާނޫނުން ދިނުންވެސް ހިމެނެއެވެ. ގާނޫނު ހަދާ މަޖިލީހުން މިގާނޫނު ފާސްކުރި ދުވަހުން ފެށިގެން 10 ދުވަސްފަހުން ގާނޫނަށް އަމަލުކުރަން ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފަހަކަށް އައިސް، ކޯވިޑަށް ޕޮޒިޓިވް ވާމީހުންގެ އަދަދު ވަރަށް ބޮޑުތަނުން ޖަޕާނުގައި އިތުރުވެގެން ދިޔަ ނަމަވެސް، ޖަޕާން ހިމެނިގެއްދަނީ، މިބަލީގައި ނިސްބަތުން މަދުން މީހުން މަރުވި ގައުމެއްގެ ގޮތުގައެވެ. މިގޮތުން ކޯވިޑް19އަށް ޕޮޒިޓިވް ވެގެން ޖަޕާނުގައި މަރުވެފައިވަނީ 7،700 މީހުންނެވެ.

ފާއިތުވެދިޔަ ހަފްތާގައި ޖަޕާނުގައިވަނީ ކޯވިޑް19ގެ ވެކްސިން ދޭން ފަށާފައެވެ. އަދި މިހާތަނަށް 22،000 ހެލްތު ވޯކަރުންނަށް މިވެސިންގެ ފުރަތަަމަ ޑޯޒްވަނީ ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *