ޕްރިޔަންކާ ޗޯޕްރާގެ ފެހިކުލައިގެ ހެދުމުން މުޅީ މީސްމީޑިއާވަނީ ފުނިޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. ހެދުމަކަށްވުރެ ބޮޑަށް މި ވައްތަރީ ބޯޅައަކާ އެވެ.
މިއީ މެޓް ގާލާގައި ރައިހާނާ ލާފައިހުރި ބިސްގަނޑު ހެދުމަށް ލިބުނު ކަހަލަ ސަމާލުކަމެކެވެ. ޕްރިޔަންކާގެ މި ބޯޅަ ހެދުމަށް އެތަށް ބަޔަކުވަނި ސޯޝަލް މީޑިއާގައި މީމްސް ތައް ހަދާފައެވެ.
ޕޯކެމޮން އިން ފެށިގެން ސުލްޓީ ބޮމަކާ ވެސް ބައެއް މީހުންވަނީ ޕްރިޔަންކާގެ މި ހެދުން އަޅާ ކިޔާފައެވެ. ޕްރިޔަންކާގެ އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި އޭނާ ވަނީ މިހެދުމާ ގުޅޭގޮތުން ހަދާފައިވާ މީމްސް ތައް ހިއްސާކޮށްފައެވެ. އޭނާ ބުނިގޮތުގައި މިހުރިހާ އެއްޗެއްގެ ތެރެއިން އޭނައަށް އެންމެ ކަމުދިޔައީ ފުއްޕިކޮލި ކިޔާ މަހަކާ ވައްތަރުކަމަށް ބުނެ ހަދާފައިވާ ޕޯސްޓެވެ. އޭނާގެ އިންސްޓްގްރާމާއި ޓްވިޓާއިން މި މީމްސްތައް ހިއްސާކުރަމުން ބުނެފައުވަނީ " ޓޫ ފަނީ ގާއީސް" މިހެންނެވެ.
ފެހި ކުލައިގެ މި ހެދުން އެންމެ ވައްތަރީ އޯރބްއަކާއެވެ. މިއީ ހަލްޕާން ބްރޭނޑްގެ ހެދުމެކެވެ. ގިނަ އަދަދެއްގެ ތަރިން ވަނީ މި ހެދުމުން ފެނިފައެވެ. އޭގެ ތެރޭގައިވެސް ގެމާ ޗާން ފާހަގަ ކޮށްލެވެއެވެ. ގެމާ މި ހެދުން ލާފައިވަނީ އެލޭ މެގަޒިންއަށެވެ. މި ހެދުމާއކު ޕްރިޔަންކާ ލާފާއިވަނީ ކަޅުކުލައިގެ ސްޓޯކިންސް އަދި ބައި ޓައީ އެކެވެ.
މަސައްކަތައް ބަލާއިލާއިރު ޕްރިޔަންކާ ވަނީ އޭނާގެ ފޮތް "އަންފިނިޝްޑް" ރިލީސް ކޮށްފައެވެ. އަދި އެންމެ ފަހުން ޕްރިޔަންކާ ފެނިގެން ގޮސްފައިވަނީ އާދާޝް ގޯރަވް އަދި ރާޖްމުކާރްރާއޯ އާއިއެކު "ދަ ވައިޓް ޓައިގާރ" އިންނެވެ. ޕްރިޔަންކާ މިވަަގުތު ލަންޑަންގައި ހުރީ އޭނާ މިހާރު މަސައްކަތްކުރަމުންގެންދާ ފިލްމު "ޓެކްސްޓް ފޯ ޔޫ" ގެ މަސައްކަތްތަކުގައެވެ.