މިއީ ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ތަރިއެކެވެ. އޭނާގެ ރީތިކަމުގެ ވާހަކަދައްކާއިރު، އެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖައްސައިފިއެވެ.
މިއީ އެންމެންގެ ހިތްތައް އަތުލާފައިވާ ނެހާ ކައްކަރްގެ ކުޑައިރުގެ ފޮޓޯއެކެވެ. އޭނާ ދީނީ ހަފްލާއެއްގައި ލަވަކިޔަން ހުއްޓާ ނަގާފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެކެވެ.
މިހާރު ބޮލީވުޑްގެ އެންމެ ޓޮޕް ޗާޓްތަކުގައި ފިޔަޖަހަމުން އަންނަ ނެހާ ކައްކަރްގެ އެ ވީޑިއޯ މީސް މީޑިއާގައި އާއްމުކުރުމުން، އެތައް ބަޔަކު އެ ވީޑިއޯ ބަލައިފިއެވެ. އެ ވީޑިއޯއަކީ އޭނާ ދަ ޖަންގަލް ބުކްގެ ލަވައެއް ކަމަށް ޖަންގަލް ޖަންގަލް ޕަތާ ޗަލާ ޓްރެކަށް ލަވައެއް ކިޔާ ވީޑިއޯ އެވެ.

އެ ވީޑިއޯގައި އޭނާ ކިޔަނީ "ބޯލް ސާޗް ދަރްބަރް ކީ ޖައި". އެވެ. އޭނާގެ ފޭނުންގެ އެތައް އެކައުންޓަކުން އެ ވީޑިއޯ މިހާރު އާއްމުކޮށްފައިވާއިރުވެސް، އެއިރުވެސް އެޑުގެ ރީތިކަމުގެ ވާހަކަދައްކާ މީހުން މަދެއް ނޫނެވެ.
View this post on InstagramA post shared by Fan Page Of Neha (@nehakakkarloves) on
ނެހާ މިހާރު އުޅެމުން ދަނީ ވަރަށް ބިޒީވެގަނެންނެވެ. އޭނާގެ ކައިވެނީގެ ކަންތައް އޮތީ ކުރިއަށެވެ. މި މަސް ތެރޭގައި އޭނާ ކައިވެނި ކުރުމަށް ހަމަޖެހިފައިވާއިރު، އޭނާ ކައިވެނި ކުރަން ނިންމާފައި ވަނީ، ރޯހަންޕްރީތް ސިންގއާއެވެ.
ކޮމެންޓު ފޮނުވާ