އިންތިޚާބާއި ނުލާ ގޮނޑިލިބުމުން އެނގެނީ ލާމަރުކަޒީ ނިޒާމަށް އެމްޑީޕީ ފަރިތަކަން: އަނަސް

އިންތިޚާބާއި ނުލާ ގޮނޑިލިބުމުން އެނގެނީ ލާމަރުކަޒީ ނިޒާމަށް އެމްޑީޕީ ފަރިތަކަން: އަނަސް

Author
މުޙައްމަދު ޖިމީ
18 ފެބްރުއަރީ 2021 06:12
0

އިންތިޚާބަކާއ ނުލާ ބައެއް ދާއިރާތކުގެ ގޮނޑި އެމްޑީޕީއަށް ލިބުމުން ދޭހަކޮށްދެނީ، އެޕާޓިއަކީ ލާމޒރުކަޒީ ނިޒާމަށް ފަރިތަބައެއްކަންކަމަށް އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް ޢަބްދުއްޞައްތާރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ 21 ގޮނޑި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ކަށަވަރުވެފައިވާއިރު، އޭގެތެރެއިން 8 ގޮނޑި އެޕާޓީއަށް ކަށަވަރުވެފައިވަނީ ވާދަކުރި ބައެއް ކެނޑިޭޓުން ނަން ނެގުމުންނެވެ. އަނެއް ގޮނޑިތައް ކަށަވރުވެފައިވަނީ ކުރިން އިންތިޚާބަށް ހުޅުވާލުމުން އިންތިޚާބުކުރަންޖެހޭ އަދަދަށްް ކުރިމަތިލާފައިވުމުންނެވެ.

އަނަސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް އެޕާޓީ ފަރިތަކަން، އަދި ސިޔާސީ ވާދަވެރިނާ ލާމަރުކަޒީ ނިޒާމާ އޮތް ބީރަށްޓެހިކަން އެކަމުންވެސް އެނގޭކަމަށް އަނަސް ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވަނީ ކުރީގެ ހައުސިންގ މިނިސްޓަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ.މުޙައްމަދު މުޢިއްޒުއެވެ. މިސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެމްޑީޕީއަށް ތާޢީދުކުރާ ބައެއް ފަރާތްތަކުން ވަނީ ޑރ.މުޢިއްޒުއަށް ތާޢީދުކުރުމަށް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.