ގއ.ނިލަންދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް ޢަބްދުލްމުހުސިން ޢަބްދުލްޙަކީމާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، ގއ. އަތޮޅު ލީގް ޒަމާނީ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް އިޢުލާން ކޮށްފައިވަނިކޮށް އެ މުބާރާތް ކުރިއަށްދަނީ
މުބާރާތުގެ ޤަވާއިދުތަކާ ޚިލާފަށް ކަމަށް ބުނެ ގއ،ނިލަންދޫ ﷲ ޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، ވަގުތީ އަމުރެއް ނެރެ މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ހުއްޓުވާފައިވާ މައްސަލާގައި، އެ މައްސަލަ ހިންގައި ނިންމުން އެކަށީގެންނުވާ މިންވަރަށް ލަސްކޮށް އެ ޤަޟިއްޔާ ހިންގުމުގައި ގއ.ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްމުހުސިން ޢަބްދުލްޙަކީމް އަމަލުކޮށްފައިވަނީ އެކަށީގެންނުވާ ގޮތަށް ކަމަށް ބުނެ މައްސަލަ ހުށައަޅާފައިވާކަމަށެވެ.
އެ މުބާރާތުގެ 11 މެޗްގެ ތެރެއިން 10 މެޗްކުޅެވި، ފައިނަލް މެޗާ ހަމައިން ވަގުތީ އަމުރެއް ނެރެ ހުއްޓުވައި
2 މަހާއި، 26 ދުވަސް ބޭއްވުމަކީ އެތަކެއް ބައެއްގެ ވަގުތާއި ޚަރަދުތަކެއް އެކަމުގެ ސަބަބުން ބޭކާރުވެގެންދާނެ ވުމާއެކު، އެއީ ފަނޑިޔާރުގެއާމެދު އާންމުންގެ އިތުބާރު ގެއްލިދާނެފަދަ ޢަމަލެއްކަމަށް ޢަބްދުލްމުހުސިނާމެދު ސުލޫކީ ފިޔަވަޅު އެޅިކަން ބަޔާންކޮށް ޖޭއެސްސީން ނެރެފައިބާ ބަޔާނުގައިވެއެވެ.
އެހެންކަމުން ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙުސިން ޢަބްދުލްޙަކީމްގެ އެ ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަމަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، އިސްމެޖިސްޓްރޭޓް ޢަބްދުލްމުހުސިން ޢަބްދުލްޙަކީމަށް ނަޞޭއަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް އަމުރުކޮށްފައިވާކަމަށް ބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ