ކޯވިޑް-19އަށް އިތުރު 142 މީހުން ޕޮޒިޓިވްވެއްޖެއެވެ.
މިއަދު ޕޮޒިޓިވްވި 142 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 129 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 6 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 5މީހުނާއި އުޅަނދުތަކުން ޕޮޒިޓިވްވި 2 މީހުންނެވެ
މިއާއެކީ ރާއްޖެއިން މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 18،224 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 153 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 15،768 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،391 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 171 މީހުންނަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،589 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 475،790 ސާމްޕަލްވަނީ ނަގާފައެވެ. މި ބަލީގައި ރާއްޖޭގައި ވަނީ 58 މީހުން ނިޔާވެފައެވެ. އެއީ 50 ދިވެހިންނާއި، 8 ބިދޭސީންނެވެ
ކޮމެންޓު ފޮނުވާ