އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO)އިން އެގައުމު ވަކި ވުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާ ކުރުމަށްފަހު، މިހިގާ ފެބްރިއަރީމަސް ނިމުމުގެ ކުރިން އެމެރިކާއިން އެ ޖަމިއްޔާއަށް 200 މިލިއަޑޮލަރު ދައްކާނެކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅު ވެއްޖެއެވެ.
މިއީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް އެންމެ ބޮޑު ޗަންދާއެއް ދައްކަމުންދާ ގައުމު ކަމުގައިވާ އެމެރިކާއިން އެޖަމިއްޔާއަށް ދެއްކުމަށް ކުރިންވެސް ހުށަހަޅާފައިވާ އަދަދުގެ އެހީތެރިކަމެވެ.
"މިއީ، ސިއްޙަތު ޖަމްއިއްޔާގެ މެމްބަރެއްގެ ގޮތުން އަހަރުމެން އަދާކުރަން ޖެހޭ މާލީ ޒިންމާގެ ތެރެއިން ފުރިހަމަ ކުރެވިގެންދާ މުހިންމު ޒިންމާއެއް، އަދި މިއީ، ދުނިޔެއަށް ކުރިމަތިވެވައިވާ ސިއްޙީ ކާރިސާއާއިން އަރައިގަތުމަށް ސިއްޙަތު ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް އަހަރުމެން ދީފައިވާ ޔަގީންކަން ދަމަހައްޓާނެ ކަމުގެ ރަމްޒެއް،" ކޯވިޑް19އާއި ގުޅޭގޮތުން، ޔޫއެންގެ ސެކިއިުރިޓީ ކައުންސިލާއެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބްލިންކަން ވިދާޅުވެފައި ވެއެވެ.
"ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކާ، ފުރިހަމަ ބައިވެރިއެއްގެ ގޮތުގައި އެމެރިކާ އޮންނާނެ. އަދި މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްޙީ ކާރިސާއަކީ މިފަދަ އެއް ގޮންޖެހުން، އަދި މިއީ ހަމައެކަނި، މި ގޮންޖެހުމުހެ އަރައިގަންނަންވީ ވަގުތެއް ނޫން، މިއީ މުސްތަގުބަލުގައި ދުނިޔެއަށް ކުރިމަތިވެދާނެ މިފަދަ ގޮންޖެހުންތަކަށް ފުރިޔަމަޔަށް ތައްޔަރުވުމަށްވެސް ލިބިގެންދިޔަ ފުރުސަތެއް."
ދުނިޔޭގެ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޔޫއެންއިން އެކުލަވާލާފައިވާ ޕްރޮގްމާ، 'ކޯވެކްސް' އަށްވެސް އެކަށީގެންވާ މާލީ އެހީތެރިކަން އެމެރިކާއިން ފޯރުކޮށްދޭނެ ކަމުގައިވެސް ބްލިންކަން ވިދާޅުވިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރްމަޕް ވަނީ އޭނާގެ ވެރިކަމުގައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ޗައިނާއާއި ގާތްގުޅުމެއް ބައްވަމުން ގެންދަވާކަމަށާއި، އަދި ކޯވިޑް ކާރިސާއިން ސަލާމަތްވުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމުން ނުދާކަމަށް ތުހުމަތުކޮށް، އެޖަމްއިއްޔާއިން ވަކިވުމަށް އޭރު ނިންމާފައެވެ.
އެހެންނަމަވެސް، ވެރިކަމާ ހަވާލުވުމާއެކު، އެމެރިކާގެ މިހާރުގެ ރައީސް ޖޯބައިޑްންވަނީ، ޓްރަމްޕްގެ މިންމެވުން ބަދަލުކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގައި އެލުން އެމެރިކާ ބައިވެރި ކޮށްފައެވެ. އެހެހްނަމަވެސް، ބައިޑްންގެ ސަރުކާރުންވަނީ، ކޮރޯނޯވައިރަސް އުފަންވެގެން އައިގޮތް ދިރާސާކުރުމަށް ޗައިނާއަށް ދަތުރު ކޮށްފައިވާ WHO ގެ ޓީމަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ޗައިނާއަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ