ދިއާގެ ކައިވެނީގެ ފޮޓޯތަށް ދެކެފިންތަ؟

ދިއާގެ ކައިވެނީގެ ފޮޓޯތަށް ދެކެފިންތަ؟

Author
ފާތިމަތު ނާވީ
17 ފެބްރުއަރީ 2021 11:17
0

ބޮލީވުޑްގެ ތަރި ދިއާ މިރްޒާ އާއި ވިޔަފާރިވެރިޔާ ވައިބާވް ރޭކީގެ ކައިވެނީގެ ހިތްގައިމު ފޮޓޯތައް ވަނީ އާންމުކޮށްފަ އެވެ.

ހޯމ ަދުވަހު މި ދެމީހުންގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، ރަސްމިއްޔާތުގައި ރަތް ކުލައިގެ ތާރީޚީ އިންޑިއާ ހެދުމުގައި ދިއާ ފެނިގެންދިޔައީ ލަދުރަކި، "ޝައި ބްރައިޑް" އެއްގެ ގޮތުގައެވެ.

ފޮޓޯތަކުން ދިއާ ފެނިގެންދަނީ ވަރަށްވެސް އުފާވެރި ހިނިތުންވުމަކާ އެކު ހިނގާލާފައި ދަނިކޮށެވެ. ދިއާގެ މި ރީތި ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނުވަނީ ޖަރީކޮށްފައިވާ ރަންކުލައިގެ ގަހަނާއިންނެވެ.

 

View this post on Instagram

 

A post shared by Dia Mirza (@diamirzaofficial)

މި ދެ މީހުންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ކުޑަ ގޮތަކަށެވެ. ހަފްލާއަށް ދައުވަތު ދިނީ ހަމައެކަނި އާއިލާ އަދި ގާތް ރައްޓެހިންނަށެވެ.

ދިއާ އާއި ވައިބާވް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަ ސްމީޑިއާގައި އާންމުވީނަމަވެސް މި ދެމީހުންވެސް ވަނީ މި ގުޅުން ވީހާވެސް ބޮޑަށް ސިއްރުކޮށްފަ އެވެ. މި ގުޅުން ސިއްރުކުރީ ބޭކާރު އެޓެންޝަން ބޭނުންނުވާތީކަމަށް އޭނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Elfaworld (@elfaworld)

މީގެ ހަފްތާއެއްގެ ކުރިން ދިއާގެ ބްރައިޑަލް ޝަވަރ ވަނީ ބާއްވާފައެވެ. މި ހަފްލަައިން ދިއާ ފެނިގެންދިޔައީ ހުދުކުލައިގެ ހެދުމެއްގަ އެވެ. އަދި އޭނާގެ އިސްތަށިގަނޑުވަނީ މަލުން ޒީނަތްޔެރިކޮަށްފަ އެވެ. މި ހަފްލާގެ ފޮޓޯތައްވެސް މީސްމީޑިއާގައި އާންމު ކޮއްފައިވަނީ ކައިވެނީގެ ހަފްލާގެ ކުޑައިރުކޮޅެއްގެ ކުރިންނެވެ.

 

View this post on Instagram

 

A post shared by Pooja Dadlani (@poojadadlani02)

މި ކައިވެންނަކީ މި ދެމީހުންގެވެސް ދެވަނަ ކައިވެންޏެވެ. އެގޮތުން ދިއާ ކުރިން ކައިވެނި ކޮށްފައިވަނީ ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ ސާހިލް ސަންގްހާ އާއެވެ. އަދި ވައިބާވްގެ ކުރީގެ އަނބިމީހާއަކީ ސުނައިނާ ރޭކީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.