ޑްރަގާއިއެކު ޝަހީބު ހައްޔަރުކުރުމުން އިދިކޮޅު ކޯލިޝަނަށް ބޮޑެތި ފާޑުކިޔުން

ޑްރަގާއިއެކު ޝަހީބު ހައްޔަރުކުރުމުން އިދިކޮޅު ކޯލިޝަނަށް ބޮޑެތި ފާޑުކިޔުން

ގުޅުންހުރި

ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ފުލުހުން ހައްޔަރުކުރި ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހީމަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެއްކަން ހާމަވެއްޖެ އެވެ.

ޝަހީބްއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަޤާމުވެސް ފުރުއްވައި ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަ ޝަހީބަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެންމެ އިސް އެކަކު ކަމަށް، ތުހުމަތުކުރެވޭ މީހާއެވެ.

ޑްރަގްގެ ބޮޑު މައްސަލާގައި ހައްޔަރުކުރި ޝަހީބްގެ ވަނަވަރު މިއަދު އާންމުކުރުމާއިއެކު ގިނަބައެއްގެ ފާޑުކިޔުންވަނީ ސޯޝަލް މީޑިޔާގައި ފާޅުކުރަމުންނެވެ. ޙާއްސަކޮށް ޕީޕީއެމް ޕީއެންސީއާއި އިދިކޮޅު ފަރާތްތަކުންދަނީ ސޯޝަލް މީޑިޔާގައި ވަރަށްބޮޑަށް އެކޯލިޝަނަށް ފާޑުކިޔަމުންނެވެ.

ބައެއް ބޭފުޅުންވަނީ އޭނާއާއި ޕީޕީއެމް ޕީއެންސީގެ އިސްބޭފުޅުނާއިއެކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރުކުރަމުންނެވެ. އަދި މިކަމަކީ ޕީޕީއެމް ޕީއެންސީ ކައުންސިލުން ފާސްކޮށްގެން ކުރާކަމެއްތޯ ސުވާލުކޮށްފައެވެ.

ސޯޝަލްމީޑިޔާގައި މިހާތަނަށް ފާޅުކުރަމުންދާ ޙިޔާލްތަކަށް ޕީޕީއެމް ޕީއެންސީން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. ބައެއް ފަރާތްތަކުންވަނީ މިކަމަކީ އުމަރު ނަސީރު އޭރު ކުރެއްވި ކަންކަން ހަގީގަތަކަށް ވެގެނެދިޔަ ކަމެއްކަމުގައިވެސް ސިފަ ކޮށްފައެވެ.

މި އޮޕަރޭޝަނުގައި ހޯދި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 130 ކިލޯ ހުރިކަމަށާއި، ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި މީހަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަހްމަދު މޫސާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ