ފަސްއަހަރުގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އެކުލަވާލައިފި

ފަސްއަހަރުގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އެކުލަވާލައިފި

ގުޅުންހުރި

ކުރިށް އޮތް ފަސްއަހަރުގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު ޓްރާސްޕޯޓް މިނިސްޓްރީން އެކުލަވާލައްވައިފި އެވެ.

"ފްލައިޓް ޕްލޭން 2020-2025″ ގައި މިއަދު މިނިސްޓާ އޮފް ޓްރާންސްޕޯޓް އޮނަރަބަލް އައިޝަތު ނަހުލާ ސޮއި ކުރެއްވި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދުރު ރާސްތާ ސިޔާސަތުތަކެއް އެކުލާވާލެވި ކަރުދާހަށް ތިރިކުރެވުނު ފުރަތަމަ އެއްބަސްވުމެވެ.

މިއީ އޭވިއޭޝަން ސިނާއަތަށް ލިބުނު ތާރީޚީ ކުރިއެރުމެއްކަމަށް އެމިނިސްތްރީން ވިދާޅުވެ އެވެ. އަދި ފުރަތަމަ ފަހަރަށް، މަދަނީ ވައިގެ ދަތުރު ފަތުރުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން އިސްކަންދީގެން ކުރާނެ މުހިންމު މަސައްކަތްތަކުގެ މަގު ޗާޓެއް އެކުލަވާލެވި، ސަރުކާރާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ބައިވެރިންނަށް އެއް މިސްރާބަކަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދެވޭކަމަށެވެ.

ފަސް ތަނބެއްގެ މައްޗަށް ބިނާވެގެން ވާ "ފްލައިޓް ޕްލޭން 2020-2025″ ގެ މަގްސަދަކީ ސަލާމަތްތެރިކަމާއެކު ތިމާވެއްޓަށް ރައްކާތެރިގޮތެއްގައި އަދި އިގްތިސާދީގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ދިވެހިން އެކަކު އަނެކަކާ އަދި ދުނިޔެއާ ގުޅުވާދިނުމެވެ.


ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *