ޤައުމީ ބަތަލުންނާއި ބެހުމުން ސޫޒަން ހަމަބިމަށް ތިރިކޮށްފި!

ޤައުމީ ބަތަލުންނާއި ބެހުމުން ސޫޒަން ހަމަބިމަށް ތިރިކޮށްފި!

ގުޅުންހުރި

ރާއްޖޭގެ ފުޓުބޯޅައިގެ ދިގު ތާރީހުގައި ޤައުމަށް ރަންވަނަތަކެއް ހާސިލް ކުރުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވާ ކުޅުންތެރިންނާއި ސޯޝަލް މީޑިޔާގައި ދިމާކޮށް އެމީހުންނަކީ ހަރުކަށި ފިކުރު މީހުންކަމަށްބުނެ ސޫޒަން އިބްރާހިމް ވާހަކ ދެއްކުމުން އެތައްބަޔަކު ސޫޒަން ބަހުގެ ހަމަލާތައް ބަދަލުކޮށް، އޭނާއަށް އެއީ ޤައުމަށް ކިހާވަރެއްގެ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބައެއްކަން ހާމަކޮށްދެއްވައިފިއެވެ.

ސޫޒަން އިބްރާހިމްފުޅު، އޭނާގެ އަމިއްލަ ޓްވިޓަ އެކައުންޓުގައި ރައްޓެއްސަކާ ހަވާލާދީކަމަށް ބުނެ ލިޔެފައިވަނީ ޖިހާދަށް ދާން ތައްޔާރަށް ތިބި ބަޔަކު ފުޓުބޯޅަ ކުޅޭތަން ބަލަން ދާނެތޯ އާއި އެމީހުން ކުޅޭތަން ބަލަން ދާނެ ބަޔަކު ތިބިތޯ ސުވާލު އުފައްދާފައެވެ.

" ޓީމް ބަލި ވެއްޖެއްޔާ ދަނޑު ވެސް ގޮއްވާލަފާނެ. ކާކު ސިޑިބަރީގައި އިންނަން ދާނީ" ސޫންތަގެ ޓުވީޓުގައިވެއެވެ.

ސޫޒަން އިބްރާހިމްފުޅުގެ ޓްވީޓުގައި ވަކި މީހެއްގެ ނަން ނެތް ނަމަވެސް އޭނާ އެ ޓްވީޓް ކުރީ ދަގަނޑޭގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީއާ ދެ މީހުން ފެންނަ ފޮޓޯ އަކާ އެކުގައެވެ.

ސޫޒަންގެ ވާހަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމުގައި ބަލައި ދިނުމަށް ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއިމްވެސް ވަނީ ގޮވާލާފައެވެ. ސޯޝަލް މީޑިޔާގައި ދައްކާފައިވަނީ މިހާތަނަށް ފުޓުބޯޅައާއި ގުޅުވައިގެން ދެކިފައިވާހަކަތެއް ނޫންކަމަށާއި، އެހެންކަމުން މިއީ އާދައިގެ ކަމެއްކަމަށް ނުބަލައި ކަމާއިގުޅޭ އިދާރާތަކުން މިކަމުގެ ފުރިހަމަ ތަހުގީގެއްގެ ކޮށްދެއްވުމަށް އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ. އަދި ފުޓުބޯޅަ ކުޅުންތެރިންނާއި ގުޅޭގޮތުން ބައިބައިވުން އުފެދޭފަދަ ހަގީގަތާއި ޚިލާފަށް ވާހަކަ ދައްކާ ފަރާތްތަކާއިމެދު އެސޯސިއޭޝަނުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ.

އެފްއޭއެމްގެ އިތުރުން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފްވެސް ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. މަހުލޫފް ވިދާޅުވެފައިވަނީ ތުބުޅިލާފައި ތިބޭ ކޮންމެ މީހަކު، އަދި ބުރުގާ އަޅާފައި ތިބޭ އެންމެންނަކީ ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށް ދެކޭ ވިސްނުން ބަދަލުކުރަންޖެހޭކަމަށެވެ. މުޖުތަމައުގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުން ޚިޔާލު ތަފާތުވިޔަސް، އެއްބަޔަކު އަނެއްބަޔަކަށް އިޚްތިރާމް ކޮށްގެން އުޅެން ދަސްކުރަންޖެހޭކަމަށް މަހުލޫފް ވިދާޅުވިއެވެ.

އަޝްފާޤާއި އަކްރަމްއާއި ގުޅޭފގޮތުން ދައްކާފައިވާ ވާހަތަކާއި ގުޅިގެން ފުޅުބޯޅަ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މާޒިޔާ އިން ބުނެފައިވަނީ އަލީ އަޝްފާގާއި އަކްރަމް އަބްދުލް ޤަނީ އަކީ ޤައުމީ ބަތަލުންކަމަށެވެ. މި ކުޅުންތެރިންގެ އަނބުރަށް ހުތުރުވާ ގޮތަށް ދޮގު ތުހުމަތުތަކެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މާޒީިޔާ ތިބީ މި ކުޅުންތެރިންނާއެކުގައިކަމަށް ވަނީ ބުނެފައެވެ.

ސޫޒަން އިބްރާހިމްފުޅުގެ އެ ވާހަކަތަކާ ގުޅިގެން، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އަކްރަމްގެ ބޭބޭ އައްސަދު އަބްދުލް ޢަނީ އޭނާގެ ފޭސްބުކްގައި އެކަމަށް ވަރަަށް ބޮޑަށް ފާޑު ކިޔައިފައެވެ. އަދި އެފަދަ ވާހަކަތައް ހުއްޓުވާނެ މީހަކު ނެތީތޯވެސް އޭނާ ސުވާލު އުފެއްދިއެވެ. ތަރައްގީއަކީ ޒުވާން މުޖުތަމައު ހަލާކުގެ މަގަށް އެއްލާލާފައި ވެވޭ އެއްޗެެއްތޯ ސުވާލު އުފައްދާ އޭނާ ބުނީ މިހާރު އެއްޗެއް ނުބުނެ ތިބެވޭ ވަރަށް ވުރެ މައްޗަށް ކަންކަން ގޮސްފައިވާ ކަމަށެވެ. ސޫޒަްގެ ވާހަތަކާއި ގުޅިގެން ދީނީ އިލްމުވެރިންނާއި، ސިޔާސީ ފުޅުންނާއި ކުޅިވަރުގެ އާއިލާއިން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ސޫޒަން އިބްރާހިމްފުޅަކީ ކުރީގެ ނޫސްވެރިޔެކެވެ. އަދި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުކަމުގެ ގޮނޑިއަށް އިންތިހާބުކުރުމަށް ހިންގި ކެމްޕޭނުގެ ޕީއާރުކަން އޭނާ ވަނީ ކޮށްފައެވެ. އޭނާ އަކީ މިވަގުތު އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ފަނޑިޔާރުވެސް މެއެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަތި އުތުރު ޕްރޮވިންސުގެ ޕްރޮޖެކްޓް ޑިރެކްޓަރެއްގެ ގޮތުގައި ސަރުކާރުގައި އޭނާ މަސައްކަތް ކުރިއެވެ.

އަލީ އަޝްފާޤާއި އަކްރަމް އަކީ ރާއްޖެއަށް ފަހުގެ ތާރީހެއްގައި ފުޓުބޯޅައިން ހޯދި ހުރިހާ ކާމިޔާބީއެއްގެ އެންމެބޮޑު ހިއްސާ އޮތް ދެކުޅުންތެރިންނެވެ. މި ދެކުޅުންތެރެއިންނަކީ ރާއްޖެއަށް ފުޓުބޯޅައިން ރީތިނަން ހޯދައި ދުނުމަށް ގަދަ އަޅައި މަސައްކަތް ކުރާ ފުޓުބޯޅަ ދަނޑުގައި އެތައްބައެއްގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ދެކުޅުންތެރިންނެވެ. މިދެކުޅުންތެރިންނަށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް ލޯތްބާއި އިހުތިރާމު މިއަދު ސޯޝަލް މީޑިޔާއިންދަނީ ހާމަވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *