ކޮޕާ އިޓާލިއާގެ ފައިނަލުން އެޓްލާންޓާ ޖާގަހޯދައިފި އެވެ.
މި މުބާރާތުގެ ފައިނަލުން އެޓްލާންޓާ ޖާގަހޯދީ ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އާއި ބައްދަލުކޮށް 3-1 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗްގެ ފުރަތަމަ ލަނޑު 10 ވަނަ މިނިޓްގައި ޖަހައިދިނީ އެޓްލާންޓާގެ ޑުވާން ޒަޕާޓާއެވެ. އަދި އޭގެ ހަމިނިޓް ފަހުން އެޓީމްގެ ދެ ވަނަ ލަނޑު ޖަހައިދިނީ ޒަޕާޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މަޓިއޯ ޕެސީނާއެވެ.
މިމެޗްގައި ނަޕޯލީން ޖެހި ހަމައެކަނި ލަނޑު މެޗްގެ 53 ވަނަ މިނިޓްގައި ޖަހައިދިނީ ހަރވިންގ ލޮޒާނޯއެވެ. އަދި އެޓްލާންޓާއިން މިމެޗްގައި ޖެހި ފަހު ލަނޑު މެޗްގެ 78 ވަނަ މިނިޓްގައި ޖަހާ އެޓީމަށް ދެ ގޯލްގެ ލީޑު ނަގައިދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ޕެސީނާއެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗް ނިމިފައިވަނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެން ކަމުން މި ސެމީފައިނަލްގެ ނަތީޖާ ނެރެފައިވަނީ ދެވަނަ ލެގްގައި ނުކުއިތް ނަތީޖާއާއެކު އެވެ. އެޓްލާންޓާވަނީ 2019 ވަނަ އަހަރު މި މުބާރާތުގެ ފައިނަލްގައިވެސް ވާދަކޮށްފަ އެވެ. ނަމަވެސް އެފަހަރު ލާޒިއޯއަތުންވަނީ ބަލިވެފައެވެ.
ފައިނަލްގައި އެޓްލާންޓާ ބައްދަލުކުރާނީ އިންޓަރ މިލާން ބަލިކޮށް ފައިނަލުން ޖާގަހޯދި ޔުވެންޓަސް އާއެވެ.
ކޮމެންޓު ފޮނުވާ