އިންޑޮނޭޝިއާގެ ސުމްޓްރާ އައިލޭންޑްގެ އައްސޭރިފަށުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތު ދޭގޮތުގައި، މިބިންހެލުން އައިސްފައިވަނީ، މިންގަޑުން 6.2 މެގްނިޓިއުޑުން ކަމުގައިވި ނަމަވެސް، ސުނާމީއެއް އައުމުގެ ނުރައްކަލެއް އަދި ނެތެވެ.
މި ބާރުގަދަ ބިންހެލުން އައިސްފައިވަނީ، އިންޑޮނޭޝިއާގެ ރަށެއްކަމުގައިވާ، ބެންގކުލުގެ ދެކުނު ހުޅަގުން އައްސޭރި ފަށަށްވުރެ 217 ކިލޯ މީޓަރު ދުރުން، ކަނޑި އަޑިން 10 ކިލޯ މީޓަރު ފުން މިނުގައި، އިންޑޮނޭޝިއާގެ ގަޑިން ރޭގަޑު 7:52 ގައެވެ.
މި ބިންހެލުން އައިސްފައިވަނީ، ކަޑުގެ އަޑިން އެހާ ފުންހިސާބަކަށް ނޫންކަމަށް ވާތީ، މި ބިންހެލުމުގެ ސަބަބުން ކައިރި ސަރަހައްދުތަކަށް އެކަށީގެންވާ މިވަރުގެ ގެއްލުންތަކެއް ލިބިގެން ދާނެ ކަމަށް ޖިއޮލޮޖިސްޓުން ލަފާ ކުރެއެވެ.
އިންޑޮނޭޝިއާގެ ސުމާޓުރާ އައިލޭން ހިމެނޭ ސަރަހައްދަކީ، ޓެކްޓޯނިކް ޕްލޭޓްތައް ބައްދަލުވާ، ފެސިޕިކް "ރިންގ އޮފް ފަޔަރ" ގައި މިސަހައްދު އޮންނަ ލޮކޭޝަންގެ ގޮތުން ބިންހެލުންތަކާ އަދި އަލިފާ ފަރުބަދައިގެން ހަރަކާތްތައްވެސް ހިނަ ސަރަހައްދެކެވެ.
ފާއިތުވެދިޔަ މަހުގައި، ހަމަ މިސަރަހައްދުގައި އޮންނަ ރަށެއް ކަމުގައި، ސުލަވެސި އައިލޭންޑްގެ މަމުޖު ނަމަކަށް ކިޔާ ސަރަހައްދަކަށް 6.2 މެގްނިޓިއުޑުން އައި ބިންހެލުމެއްގައި 100 މީހުންވަނީ މަރުވެފައެވެ.
އަދި ސުލަވެސި އައިލޭންޑަށް، 2018 ވަނަ އަހަރު 7.5 މެގްނިޓިއުޑް ބާރު މިނުގައި އައި ބިންހެލުމާއި އަދި މި ބިންހެލުމާއެކު އައި ސުނާމީގައި އެރަށުން 4،300 މީހުން މަރުވެ ނުވަތަ ވަނީ ގެއްލިފައެވެ.
2004 ވަނަ އަހަރު، މެގްނިޓިއުޑުން 9.1 ބާރު މިނުގައި އިންޑޮނެޝިއާގެ ސުމާޓްރާ އައިލް ހިމެނޭ ސަރަހައްދުން އައި ވަރުގަދަ ބިންހެލުމަށްފަހު އުފެދުނު ސުނާމީގައި 220،000 މީހުންވަނީ މަރުވެފައިވާއިރު، މީގެތެރެއިން 170،000 މީހުންނަކީ އިންޑޮނޭޝިއާގެ މީހުންނެވެ. އަދި މިއީ ދުނިޔޭގެ ފަހުގެ ތާރީޚެއްގައި ދުނިޔެ ދެކެފައިވާ އެންމެ ބޮޑު އެއް ގުދުރަތީ ކާރިސާއެވެ.
ކޮމެންޓު ފޮނުވާ