ކޯވިޑުން ރަގަޅު ވުމަށްފަހު، މެކްސިކޯގެ ރައީސް ވިދާޅުވަނީ ދެން މާސްކު ނާޅުއްވާނެ ކަމަށް

ކޯވިޑުން ރަގަޅު ވުމަށްފަހު، މެކްސިކޯގެ ރައީސް ވިދާޅުވަނީ ދެން މާސްކު ނާޅުއްވާނެ ކަމަށް

Author
ހުސެއިން
10 ފެބްރުއަރީ 2021 07:16
0

ކޯވިޑް19 އަށް ޕޮޒިޓިވް ވުމަށްފަހު، އެބަލިން ފަސޭހަވުމާއެކު، ދެން އިތުރަށް މާސްކު ނާޅުއްވާނެ ކަމުގައި މެކްސިކޯގެ ރައީސް އަންދްރޭސް މަނޫލް ލޮޕޭޒް އޮބްރާޑޯރ ވިދާޅުވެއްޖެއެވެ.

މެކްސިކޯގެ ރައީސް ލޮޕޭޒް، ދެން އިތުރަށް މާސްކް ނާޅުއްވާނެ ކަމަށް ވިދާޅުވިއިރު، މެކްސިކޯގައި އާންމު ރައްޔިތުން މާސްކު އެޅުމަށް ހިތްވަރު ދިނުމުގެ ގޮތުން، ސަރުކާރުގެ މަތީފަންތީގެ ގިނަބަޔަކުވެސް އަދިވެސް ގެންދަނީ މާސްކު އަޅުއްވަމުންނެވެ. އަދި އެގައުމުގައި އާންމު ރައްޔިތުންގެ ތެރެއިންވެސް ގިނަބަޔަކު، ގެންދަނީ އަދިވެސް މާސްކު އަޅަމުންނެވެ.

ފާއިތުވި ޖެނުއަރީމަހުގެ 24 ވަނަ ދުވަހު، ކޯވިޑަށް ޕޮޒިޓިވް ވުމަށްފަހު، މީޑިއާތަކާ ބައްދަލުކޮށް ބޭއްވި ފުރަތަމަ ނޫސް ކޮންފަރެންސްގައި، ކޯވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން މާސްކު އަޅުއްވާނަންތޯ ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކުގެ ޖަވާބުގައި ލޮޕޭޒް ތަކުރާރުކޮށް ވަނީ، އެކަން ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ނޫން، ނޫން،" މެކްސިކޯގެ ރައީސް ވިދާޅުވިއެވެ. "ޑޮކްޓަރުން މިހާރު ވިދާޅުވަނީ އަހަރެންގެ ކިބައިން ކޯވިޑް ދެން ނުފެތުރޭނެ ކަމަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި، މާސްކު އަޅައިގެން އުޅުމަށް އާންމު ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ގޮތުން މާސްކު އަޅުއްވާނަންތޯ ނޫސްވެރިން ސުވާލުކުރުމުން، ލޮޕޭޒް އެންމެ ފުރަތަމަ ވަނީ އެސުވާލުތަކަށް ޖަވާބު ނުދެއްވާ، ވާދަވެރިން އޭނާގެ މަސައްކަތްތަކަށް ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވާ، އެހެން ވާހަކަތަކެއް ދައްކަވަން ފައްޓަވާފައެވެ.

މެކްސިކޯގައި ވަރަށް ބޮޑު މަގުބޫލުކަމެއް އޮންނަ ލޮޕޭޒްއަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި ކޮންމެ ދުވަހަކުވެސް ހެދުނު އޭނާ ބާއްވަމުން ގެންދަވާ، ޑެއިލީ ބްރީފިންތަކުގައި ކޮންމެ ދުވަހަކުވެސް އޭނާ ބޮޑަށް ދައްކަވަނީ އިދިކޮޅު ފަރާތްތަކުގެ ނާގާބިލްކަމުގެ ވާހަކަތަކެވެ. ފާޑުކިޔާ ފަރާތްކުން ބުނާ ގޮތުގައި، މިނިވަންކަމާއެކު ޚިޔާލު ފާޅުކޮށް ވާހަކަ ދައްކަން އުދަގޫ ވެދާނެފަދަ ހާލަތަކަށް ހިގައިދާނެކަމުގެ ބިރުހީވާ އެއްވެސްކަމެއް ކުރުމަށް ލޮޕޭޒް ދެކޮޅު ހައްދަވާނެއެވ.

ލޮޕޭޒްގެ ސަރުކާރުގެ ގިނަ އިސްވެރިންނާ ޚިލާފަށް، މުޅި ކޯވިޑް19 ކާރިސާގެ ތެރޭގައިެވެސް، އޭނާވަނީ، މާސްކުއެޅުމާ ދުރުގައި އުޅުއްވާފައެވެ. އެހެންނަމަވެސް، މިހާތަނަށް ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި، މެކްސިކޯގެ ގިނަ އަދަދެއްގެ ރައްޔިތުން ޕެންޑަމިކްގެ ތެރޭގައި މާސްކު އަޅައިގެން އުޅުމަށް ތާއީދު ކުރެއެވެ.

މެކްސިކޯގެ ރައީސް ލޮޕޭޒް ކޯވިޑަށް ޕޮޒިޓިވް މުމާގުޅިގެން ގިނަ ބަޔަކު ބުނެފައިވަނީ، އޭނާ މާސްކު އަޅުއްވައިގެން، ގައިދުރުކަން ބަހައްޓަވައިގެން އުޅުއްވިނަމަ، ކޯވިޑަށް ޕޮޒިޓިވް ވުމުން އޭނާއަށް ސަލާމަތް ވެވުނީސް ކަމުގައެވެ.

މެކްސިކޯގައި މިހާތަނަށް 166،00 މީހުން މަރުވެފައިވާ މިބަލިން ރައްކާތެރިވުމަށް، މެކްސިކޯގެ ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅުއްވާފައި ނުވާނުވުމަށް އޭނާ ވަނީ ތައުރީފް ކުރައްވާފައެވެ. މެކްސިކޯއަކީ، ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން މިބަލީގައި މަރުވެފައިވާ ގައުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.