ފަޔަރ އެންޑް ރެސްކިއުގެ ކޮމާންޑަރަކަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް

ފަޔަރ އެންޑް ރެސްކިއުގެ ކޮމާންޑަރަކަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް

Author
ޢަލީ އާދަމް
09 ފެބްރުއަރީ 2021 11:53
0

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް)ގެ ކޮމަޑާންޓްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް އައްޔަން ކުރައްވައިފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މުޙައްމަދު ޝަރީފަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރިވެލެއްވިއެވެ.

އެފްއާރުއެސްގެ ކޮމަޑާންޑަރުގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި ކާނަލް މުޙައްމަދު މުޚްތާރު، "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން"ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތްކުރެއްވުމަށް ސަޢުދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.