ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދޭންޖެހެނީ، ކުޅިވަރާއި، މުނިފޫހިފިލުވުމާއި، ހުނަރުން ކުރިއަރައިދާ އުފެއްދުންތެރި، ޒުވާން ޖީލެއް ބިނާކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށްކަމަށް އެޕާޓިން ބުނެފިއެވެ.
ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެންޕޭންގެ ސްޕޯސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވީ ލޯކަލްކައުންސިލްގެ އިންތިޚާބު ކޯވިޑްގެ ބަލިމަޑުކަމުގެ ބިރުގައި، ދިވެހި ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ފަސްކުރަން ޖެހުމާއެކު، އައު ލާމަރުކަޒީ ނިޒާމު ގެނެސްދިން ގިނަ ބާރާއި، ބޮޑެތި އިޚްތިޔާރުތައް ބޭނުން ނުހިފޭ ގޮތަށް، ކައުންސިލްތަކުގެ ދައުރު ދަންމާންޖެހުނު ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ސީދާ ބަހުގެ މައްޗަށް ހިންގާން އޮތް ލާމަރުކަޒީ ނިޒާމަށް ހުއްޓުން އަރާފައިކަމަށާއި، އައު ކައުންސިލެއް އިންތިޚާބު ނުކުރެވި ލާމަރުކަޒީ ނިޒާމު ފްރީޒްވެފައި އޮންނަން މަޖުބޫރުވާ ވުން ދުށުން ކުޅަދާނަކަމަކަށް އެމް.ޑީ.ޕީއަށް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މަރުކަޒީ ސަރުކާރުގެ އަތްދަށުން ބާރުތައް ވީއްލައި، ލާމަރުކަޒު ކުރުމުގެ ހުވަފެނަކީ ދިވެހިރައްޔިތުންގެ ޙައްޤުގައި އެމް.ޑީ.ޕީއިން ދުށް ހުވެފެނެއްކަމުގައި ވާހިނދު، ލާމަރުކަޒީ ނިޒާމު ފްރީޒްކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ދިވެހިން ނުކުންނާނީ ވެކްސިން ޖަހާ، ރަނގަޅަށް ސަލާމަތީ އަޅައިގެން، ދުޅަހެޔޮކަމާއި، އުފަލުގައިކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރަށްވެހި ފަތިސް ކެންޕެއިންގެ ސްޕޯކްސްޕާރސަން ވިދާޅުވިއެވެ.
އެމް.ޑީ.ޕީގެ ޗެއާރޕަރސަން އަލްއުސްތާޛް ޙަސަން ލަތީފު ރައްޔިތުންގެ މަޖިލީހަށްވަނީ “މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑު އަހާލައި، ހާސްކަމުން ބޭރުގައި އުފާވެރި މާޙައުލެއްގައި ހީނ ސަމާސާކޮށް، މަޖާކޮށްލައި، އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކުރުމަށް ސަރުކާރަށް ގޮވައިލާ ޤަރާރު” މިއަދު މަޖިލީހަށް ހުށައަޅާފައިވާތީ އެކަމަށް ޢިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ރަށްވެހި ފަތިސް ކެންޕޭންގެ ތަރުޖަމާނު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތިލަފަތަށް ވޯޓު ދެއްވާއިރު، އެ ވޯޓުދެއްވެނީ ކުޅިވަރާއި، މުނިފޫހިފިލުވުމާއި، ހުނަރާއި، ފުނަރުން ކުރިއަރައިދާ އުފެއްދުންތެރި، ޒުވާން ޖީލެއް ބިނާކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށެވެ.
އަދި ޒުވާނުންނަށް މިއުޒިކު ކުޅެ، އަޑުއެހޭނެ ޖާގަތަކެއް ނެތްކަމާއި، މިއުޒިކީ ފަންނުގައި ކުރިއަށްއުމަށް ބޭނުންވާ ތަމްރީނާއި، ތަޢުލީމު ފުރުސަތު އަދި ރެކޯޑިންގް ސްޓޫޑިއޯ، ޕްރެކްޓިސް ރޫމްފަދަ ވަސީލަތްތައް ނެތް މައްސަލަ ޙައްލުކުރުމުގެ ބޮޑު ދައުރަކާއި، އިޚްތިޔާރުތަކެއް ލިބިގެންވަނީ ލޯކަލް ކައުންސިލުތަކަށް ކަމަށް ވާހިނދު، ރައްޔިތުންގެ ވޯޓް އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ދެއްވާނެކަން ޔަޤީންކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިމެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ފަންނާނުންގެ ބޭނުންތައް ދަނެގަނެ، އެބައިމީހުންގެ މަސައްކަތަށް ކަންފަހިކުރުމަކީ ދައުލަތު ޒިންމާއެއްކަމަށް އެމް.ޑީ.ޕީއިން ޤަބޫލުކުރާކަމަށެވެ.
ކޮމެންޓު ފޮނުވާ