ވިޔަފާރިކޮށް ޞައްޙަ ނޫން ސްލިޕެއް ފޮނުވި މައްސަލާގައި މީހަކު ހޯދަނީ

ވިޔަފާރިކޮށް ޞައްޙަ ނޫން ސްލިޕެއް ފޮނުވި މައްސަލާގައި މީހަކު ހޯދަނީ

Author
މުޙައްމަދު ޖިމީ
08 ފެބްރުއަރީ 2021 10:35
0

ފިހާރައަކުން ވިޔަފާރިކޮށް ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް ޢާންމުކޮށްފިއެވެ.

ފުލުހުން ޢާންމުކުރި ވީޑިއޯއިން ފެންނަ މީހާއަކީ ފިހާރައަކަށްވަދެ އެފިހާރައިން މުދާ ގެންގޮސް ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށް ފުލުހުން ބުންޏެވެ.

އެ ވީޑިއޯއިން ފެން މީހާއާއި ގުޅޭ މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.