ރައްޔިތުންގެ މުދަލަށް ގެއްލުންދިން ބަޔަކަށް ދެން ފުރުޞަތު ދެވިގެންނުވާނެ: ޑރ.ޖަމީލް

ރައްޔިތުންގެ މުދަލަށް ގެއްލުންދިން ބަޔަކަށް ދެން ފުރުޞަތު ދެވިގެންނުވާނެ: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
08 ފެބްރުއަރީ 2021 10:28
0

2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ގައި ރައްޔިތުންގެ މުދަލަށް ގެއްލުންދިން މީހުންނަށް އިތުރު ފުރުޞަތު ނުދިނުމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝިދުގެ ވެރިކަން 7 ފެބުރުއަރީގައި ބަދަލުކުރީ ބަޣާވާތަކުންކަމަށް ބުނެ އެމްޑީޕީއަށް ތާޢިދުކުރާ ފަރާތްތަކުން އެކަމުގެ ހަނދާންތައް އައު ކުރައްވަމުން ގެންދިއުމާއި ގުޅިގެން، ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައިވަނީ ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމަކީ ސިޔާސީ ފިކުރުގެ ބަޔަކަށް ވެގެންނުވާނެކަމަށެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާއި ޖެހިގެން އައި ދުވަހު އެމްޑީޕީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިނގާ ދައުލަތާއި ދަރުކާރުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން ދައުލަތުގެ މުހިންމު އެތައްލިޔެ ކިއުންތަކެއް ހުޅުޖެހުމުގެ ސަބަބަުން ވަނީ އަނދައިގެންގޮސްފައެވެ. ޑރ.ޖަމީލް ވިދާޅުވީ، އެ ހާދިސާގެ ސަބަބުން އިއާދަނުކުރެވޭ ޝަރުޢީ ތަރިކަ ނެތިގޮސްފައިވާކަމަށެވެ.

ޚާއްޞަކޮށް އައްޑޫއިން ނެތިދިޔަ ތަކެތި ކިތަންމެ ޕައުންޑަކުންވެސް ނުގަނެވޭނެ. މިޒަޚަމަށް ފަރުވާއެއް ނެތް. މިކަން ހިންގި މީހުން ހަނދާންކޮށް އިތުުރު ފުރުޞަތު ނުދެމާ.

– ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

7 ފެބުރުއަރީ 2012 ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކަށްފަހު ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައިދުވަހު ވަނީ މުޅި ރާއްޖޭގައި ބޮޑެތި ހަމަނުޖެހުން ހިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުން ހިންގާފައެވެ. 7 ފެބުރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގައި ހިންގާފައިވަނީ “ބަޢާވާތެއް” ކަމަށް ރައީސް ނަޝީދު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި މިކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ދިވެހި ފުލުހުންކަމަށް ވިދާޅުވެ އެކި ފަހަރުމަތީން ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.

އެދުވަހުގެ ވެރިކަން ބަދަލުވެފައިވާ ގޮތާއި ގުޅޭގޮތުން އެކުލަވާލި ކޯނީ ރިޕޯޓުން ހާމަވެފައިވަނީ ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިހުތިޔާރުގައިކަމަށެވެ. ރައީސް ނަޝީދު ވަނީ ވެރިކަމުން 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދެއްވައި ޖެހިގެން އައި 8 ފެބުއަރީގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު ރާއްޖޭގެ އެތައް މުވައްސަސާއެއްގައި ހުޅުހައި އަންދާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.