ޕޮލިސް ބޯޑަށް ޢާންމުންގެ ތެރެއިން ކުރިމަތިލުމަށް ހުޅުވާލައިފި

ޕޮލިސް ބޯޑަށް ޢާންމުންގެ ތެރެއިން ކުރިމަތިލުމަށް ހުޅުވާލައިފި

Author
މުޙައްމަދު ޖިމީ
08 ފެބްރުއަރީ 2021 09:57
0

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުންއުފައްދާ ބޯޑުގެ މެންބަރުކަމަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ ދެ މެންބަރުކަމަށް ކުރިމަތިލުމަށް ހުލުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޢާންމުންގެ ތެރެއިން ފުލުހުންގެ ބޯޑަށް އައްޔަންކުރަންޖެހޭ ދެ މެންބަރުން މަޖިލީހުން ކަނޑައަޅާނީ، ބަޣާވާތުގެ އަމަލުތައް ފުލުހުންގެ ތެރޭގައި ހިންގި މީހުންނާއި ގުޅޭގޮތުން ފިޔަވަޅު އެޅާ، ފުލުހުންގެ މަސައްކަތަކީ ޕްރޮފެޝަނަލް، ފަންނީ، އަދި ތަރައްޤީއާއި ދިވެހިންގެ މަސްލަހަތަށް އިސްކަންދެއްވާ ފަރާތްތައްކަމަށެވެ.

އެގޮތުން ފުލުހުންގެ ބޯޑަށް ކުރިމަތިލުމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ކުރިން ލިޔެކިއުންތައް ފުރިހަމަކޮށް މަޖިލީހުގެ އިދާރާއަށް ހުށައެޅުމަށް ރައީސް ނަޝިދު ވަނީ އެދިވަދައިގެންފައެވެ.

މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މި މަސައްކަތުގެ އެންމެ ފަހު ތުންފަތުގައި، އެ މަސައްކަތް ނިމުމުގެ ހިސާބަށް އަޅުގަނޑުމެން ހުއްޓޭކަން. އިރާދަކުރެއްވިއްޔާ ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ހޮވާނީ ބަޣާވާތުގެ އަމަލުތައް، މިއުޓިނީގެ އަމަލުތައް ފުލުހުންގެ ތެރެގައި ހިންގި މީހުންނާއި ގުޅޭގޮތުން ފިޔަވަޅު އެޅި، އަދި އެއާއެކު ފުލުހުންގެ މަސައްކްތަކީ ޕްރޮފެޝަނަލް، ފަންނީ، ތަރައްޤީ އަދި ދިވެހިންގެ މަސްލަހަތާއި ކުރިއެރުމަށް އޮތް ދިވެހިންދެކެ ލޯބިވާ އިޙްތިރާމް ކުރާ ޚިދުމަތަކަށް ވެގެން ދިއުން.

– ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ. "ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނައި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.