ޝިޔާމް ދޮންބިލަތް ހަލީމްއަށް: ތިޔައުޅުއްވަނީ އިހުތިޖާޖުތައް މާ ކަމުދާތީ ޚަރާބުކުރަން

ޝިޔާމް ދޮންބިލަތް ހަލީމްއަށް: ތިޔައުޅުއްވަނީ އިހުތިޖާޖުތައް މާ ކަމުދާތީ ޚަރާބުކުރަން

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2021 01:00
0

ޕީޕީއެމްއަކީ ކުރާކަމެއް ނިކަން ރިވެތިކޮށް ކުރާ ބައެއްކަމަށާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަކީ ޕީޕީއެމްގެ އަމާޒެއް ނޫންކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިމިވަނީ، އިދިކޮޅު ޕީޕީއެމް އިން އިއްޔެ ކުރިއަށް ގެންދިޔަ އިޙްތިޖާޖުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅު ކައިރިއަށް އެއްވެ، ރައީސް ނަޝީދުއަށް ހަމަލާދޭން އުޅުއްވިކަމަށް ބިލަތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.

ޝިޔާމް ވިދާޅުވީ، ޕީޕީއެމް އަކީ ކުރާކަމެއް ނިކަން ރިވެތިކޮށް ކުރާބައެއްކަމަށާއި، އެމްޑީޕީީގެ އެކްޓިވިސްޓުން ލައްވާ އެމްޑީޕީގެ ލީޑަރުން ކުރައްވާކަހަލަ ކަންކަމެއް ޕީޕީއެމްއަކުން ނުކުރާނެކަމަށެވެ.

ވާދަވެރިންގެ އިހުތިޖާޖުތައް މާކަމުދާތީ ތިޔަ އުޅުއްވަނީ ޚަރާބުކުރަން. ރައީސް ނަޝީދަކީ އަޅުގަނޑުމެންގެ ސަބްޖެކްޓެއް ނޫން އަޚް ދޮންބިލަތް.

– ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމްއިން އިއްޔެ ކުރި އިހުތިޖާޖާއި ގުޅިގެން އެމްޑީޕީގެ މެންބަރުން ގެންދަވަނީ ނުރުހުން ފާޅުކުރަމުންނެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އެގޮތަށް މުޒާހަރާކުރާނަމަ ރައީސް ޔާމީންވެސް މިނިވަން ނުވާނެކަމަށާއި، ކައުންސިލް އިންތިޚާބު އިދިކޮޅަށް ކާމިޔާބު ވާނެ ގޮތެއްވެސް ނޯންނާނެކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީރަޝީދު
ހިނިވެސް އުޅުނު ދުނިޔެ ރަންވެގެން އެވާނެތޯ ހަޤީގަތަކަށް ކޮންމެ މީހަކުވެސް ކޮންމެ ބަޔަކުވެސް އުޅެންވާނީ ސައިޒް ދެނެގެން