އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ބަލިތަކުގެ ޚާއްޞާ ޑޮކްޓަރު ޑރ.މޫސާ މުރާދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ޑޮކްޓަރ މޫސާ މުރާދު ކޯވިޑަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޑޮކްޓަރ މުރާދު ވެކްސިން ޖަހާތަން ފެންނަ ފޮޓޯއެއް ނުފެންނާތީ ސުވާލުކުރާކަން ހާމަކުރައްވަމުން ޑޮކްޓަރ ވިދާޅުވީ، ވެކްސިން ޖައްސަވާފައި ނުވަނީ ކޯވިޑަށް ޕޮޒިޓިވްވުުންކަމަށެވެ. އެހެންކަމުން ވެކްސިން ޖެހޭނީ ބަލިން ރަނގަޅުވެ ވެކްސިން ޖެހުމަށް އޮންނަ މުއްދަތު ހަމަވުމުންކަމަށްވެސް ވިދާޅުވެފައެވެ.
ޑރ.މޫސާ މުރާދަކީ ކޯވިޑާއި، ގުޅޭގޮތުން ގިނަ މަޢުލޫމާތު ޢާންމުންނަށް ގެނެސްދެއްވާ ޑޮކްޓަރެކެވެ. ކޯވިޑާއި ގުޅޭގޮތުން ބާއްވާ ޕްރެސްކޮންފަރެންސްތަކުގައިވެސް ޑޮކްޓަރ މުރާދު އަންނަނީ ޢާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޑރ.މުރާދު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ޑޮކްޓަރަށް އަވަސް ޝިފާއެއް އެދި އަދި ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކޮށް ހެޔޮ އެދުންތައް ފޮނުވަމުންނެވެ. ޑރ.މުރާދު ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ކޮމެންޓު ފޮނުވާ