ފުލުހުންގެ މުއައްސަސަގެ 108 ފުލުހަކަށް ކޯވިޑް-19ގެ ވެކްސިން ދީފިއެވެ. ފުލުހުން ބުނީ އިއްޔެއާއި ހަމައަށް 108 ފުލުހަކަށް ވެކްސިން ދީފައިވާއިރު، އިތުރު ފުލުހުންނަށްވެސް ވެކްސިން ދޭނެކަމަށެވެ.
ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިނަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 100،000 ޑޯޒްގެ ވެކްސިނެވެ. އެ ވެކްސިން ރާއްޖޭގެ 50،000 މީހުންނަށް ދެވޭނެއެވެ. ރާއްޖޭގައި ވެކްސިން ޖެހުމުގައި އެންމެ އިސްކަންދޭނެ ތަރުތީބު ވަނީ ކަނޑައަޅަފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ދެމުން އަންނަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އޭގެ ތެރޭގައި ފުލުހުންވެސް ހިމެނެއެވެ.
Yesterday, 108 Police Officers got their first dose of #COVID19Vaccine as part of "#Covid19Dhifaau"; a step towards staying safe and staying protected #toProtectAndServe better#AaUmmeedhu
— Maldives Police (@PoliceMv) February 6, 2021
ކޯވިޑް-19އަށް ރައްކާތެރިވުމަށް މިހާރު ބޭނުން ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން ޗައިނާގައި ބޭނުން ކުރަމުންދާ ވެކްސިންގެ 100،000 ޑޯޒް ރާޢްޖެއަށް ހަދިޔާ ކުރަން ޗައިނާ ސަރުކާރުން ވަނީ ނިންމާފައެވެ.
ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ސައިނޯފާމް ވެކްސިން ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިހާރު ދޭން ފަށާފައިވާއިރު، އެ ވެކްސިނުން 78 އިންސައްތަ މީހުން ބަލިން ރައްކާތެރިކޮށްދޭކަމަށް ވެކްސިން އުފެއްދި ކުންފުނިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.
ރާއްޖެއިން ކޯވިޑް-19ގެ ވެކްސިން މިހާރު ޖަހަން ފަށާފައިވާއިރު އިތުރު ކުންފުނިތަކުގެ ވެކްސިންވެސް ރާއްޖެ ގެންނާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެގޮތުން އެސްޓްރަޒެނެކާއާއި، ފައިޒާގެ ވެކްސިންވެސް ރާއްޖެ ގެންނާނެކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ