އިހުމާލެއް ނެތި މުވައްޒަފުންނަށް ލިބޭ އަނިޔާގެ ބަދަލު ދޭންޖެހޭ: ޢަލީ ޙުސައިން

އިހުމާލެއް ނެތި މުވައްޒަފުންނަށް ލިބޭ އަނިޔާގެ ބަދަލު ދޭންޖެހޭ: ޢަލީ ޙުސައިން

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2021 09:59
0

ވަޒީފާ އަދާ ކުރުމުގެ ތެރޭގައި މުވައްޒަފުގެ ސީދާ އިހުމާލެއް ނެތި ލިބޭ އަނިޔާގެ ބަދަލު ވަޒީފާދޭ ފަރާތުން ދޭންޖެހޭނެކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މެންބަރު ޢަލީ ޙުސައިން މިހެން ވިދާލުވެފައި މިވަނީ، އެމްޕީއެލް ސަރަހައްދުގައި ކޭޕެޓް ރޯލެއް މީހެއްގެ ގައިމައްޗަށް ވެއްޓީ އޭނާއަށް ސީރިއަސ އަނިޔާތަކެއް ލިބި، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދަނޑިވަޅެއްގައެވެ.

ޢަލީ ޙުސައިން ވިދާޅުވީ، ވަޒީފާ އަދާ ކުރުމުގެ ތެރޭގައި މުވައްޒަފުގެ ސީދާ އިހުމާލެއް ނެތި ލިބޭ އަނިޔާގެ ބަދަލު ވަޒީފާ ދޭ ފަރާތުން އެ ގެއްލުން ލިބުނު މީހާއަށް ދޭންޖެހޭނެކަމަށެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު، އެމްޕީއެލްގެ ހާދިސާއާއި ގުޅިގެން އެ އޮޕަރޭޝަންގައި ހިމެނޭ ކުންފުންޏާއި، އެމްޕީއެލްގެ ބައެއް މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. ފަހަކަށް އައިސް އެމްޕީއެލްގައި ދަނީ ހިތާމަވެރި ބޮޑެތި ހާދިސާތައް ހިނގަމުންނެވެ. މިކަމުގައި ބައެއްގެ އިހުމާޅު އޮންނަކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

ދިޔަމަހުގެ 7 ވަނަ ދުވަހުވެސް ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާގައިވެސް ޒުވާނަކު ވަނީ ނިޔާވެފައެވެ. މިހާދިސާއާ ގުޅިގެން ފަރުވާދެމުންދަނިކޮށް އުމުރުން 27 އަހަރުގެ އެ ޒުވާނާ ނިޔާވެފައިވަނީ މިދިޔަމަހުގެ 16 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.