އޭޑީކޭ އިން ހުއްޓާލި ޚިދުމަތްތައް އަލުން ދޭން ފަށައިފި

އޭޑީކޭ އިން ހުއްޓާލި ޚިދުމަތްތައް އަލުން ދޭން ފަށައިފި

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2021 09:47
0

ކޯވިޑް-19ގެ ޙާލަތު އަނެއްކާވެސް އިތުރަށް ގޯސްވެ ރާއްޖޭގައި މިބަލި ފެތުރޭ މިންވަރު އިތުރުވަމުން އޭޑީކޭ ހޮސްޕިޓަލުން ހުއްޓާލި ބައެއް ޚިދުމްތައް އަލުން ދޭން ފަށައިފިއެވެ.

އޭޑީކޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވަމުން ދާތީ އެޅި ފިޔަވަޅުތަކަށް ލުއި ދީ، މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެކަމަށެވެ. އޭޑީކޭއިން އެޅި ފިޔަވަޅުތަކަށްފަހުމިއަދު ލުއިދޭން ނިންމާފައިވާ ކަންކަމުގެ ތެރޭގައި އޯޕީޑީގެ ހިދުމަތްތައް ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއެކު ހުޅުވާ ޚިދުމަތް ދޭން ފެށުން ހިމެނެއެވެ.

ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ހޮސްޕިޓަލަށް ވެއްދޭނީ އެކަކަށްކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ކުރިން ހުއްޓާލި ބައެއް އިލެކްޓިވް ސާޖަރީތައް މިއަދު ފަށާނެކަމަށާއި، ބަލި މީހުން އެޑްމިޓްކުރަން އަލުން ފެށުން، ނަމަވެސް ބަލި މީހާ ކައިރީ މަޑު ކުރެވޭނީ ހޮސްޕިޓަލުގައި ރަޖިސްޓްރީ ކޮށްފައިވާ އެކަކަށްކަމަށް އޭޑީކޭއިން ބުންޏެވެ. އަދި އޭނާ އަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާން ޖެހޭނެކަމަށާއި، ބަލި މީހާ ކައިރީގައި ހުންނައިރު ކޮވިޑުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ނަރުހުންނަށް އަންގަން ޖެހޭނެކަމަށްވެސް އޭޑީކޭއިން ނެރުނު ބަޔާނުގައިވެއެވެ.

އޭޑީކޭއިން ބައެއް ފިޔަވަޅުތައް ކުރިން އެޅީ ކޯވިޑް-19 ފެތުރެމުންދާ މިންވަރު އަނެއްކާވެސް އިތުރުވަމުންދިއުމާއެކު އެހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީނުގައި ބައިތިއްބަން ޖެހިފައިވާތީއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ދިނުމަށް އޭޑީކޭއިންވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ކޮންމެހެން ދާންޖެހިއްޖެ ޙާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށާއި ހޮސްޕިޓަލަށްދާން ޖެހިއްޖެ ޙާލަތެއްގައިވެސް އެކަނި ދިއުމަށް، ނުވަތަ އެހީތެރިޔެއްގެ ގޮތުގައި އެކަކަށްވުރެ ގިނަމީހުން ނުގެދިއުމަށް އެހޮސްޕިޓަލުން އިލްތިމާސްކުރެއެވެ. މީގެއިތުރުން ޚިދުމަތް ހޯއްދަން ދާހާލަތްތަކުގައި ރަނގަޅުގޮތުގައި މާސްކު އަޅައި، ހޮސްޕިޓަލުގެ އެކި ސަރަހައްދު ތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒަރ ބޭނުންކުރެއްވުމަށްވެސް އޭޑީކޭއިން އިލްތިމާސް ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.