ޢުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

ޢުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2021 09:34
0

މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް މިއަދު ވެކްސިން ދޭން ފަށައިފިއެވެ.

އެގޮތިން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 05:00 އަށް ޢުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދެމުން ގެންދާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެމީހުންނަށް ވެކްސިން ދެމުން ގެންދާނީ ސޯޝަލް ސެންޓަރުންނާއި، ހުޅުމާލެ ފްލޫ ކުލިނިކް ހުރި އިމާރާތުގައި ޤާއިމްކޮށްފައިވާ ވެކްސިން ސެންޓަރާއި، ވިލިމާލޭ ޔޫތު ސެންޓަރުގައި ޤާއިމްކޮށްފައިވާ ސެންޓަރުންނެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ދާއިރު، އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ޖަހަންދާ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާންވާނެ ކަމަށާއި، އަދި ކަރަންޓީންގައި ހުރި މީހަކަށް ވެގެން ނުވާނެކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. ވެކްސިން ޖަހަން ދާއިރު ގަޔަށް ދޫ ފަސޭހައިން ވެކްސިން ޖެހޭނެ ހެދުމެއް ލައިގެން ދިއުމަށާއި ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.އަދި ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމާއި އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންދިއުމަށާއި، ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މަޢުލޫމާތު ގެންދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް ޚާއްސަ ޕޯޓަލްއެއް ވަނީ ޤާއިމްކޮށްފައެވެ. އެޗްޕީއޭއިން ވަނީ ވެކްސިން ޖެހުމަށް ޢުމުރުން 18 އަހަރުން މަތިގެ މީހުންނާއި މާބަނޑު މީހުން ފިޔަވާ ހުރިހާ އެންމެންވެސް އެ ޕޯޓަލްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފައެވެ.

މި ޕޯޓަލްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ބޭނުންވާ އެހީތެރިކަން ވެކްސިނޭޝަން ސެންޓަރުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑްގެ ވެކްސިން މިހާތަނަށް4000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.