ރައްޔިތުންގެ މަޖލީހުގެ ލޯގޯގެ ކުލަ އަކީ އެދައުރެއްގެ މެޖޯރިޓީ އޮންނަ ޕާޓީ އެއްގެ ކުލައަކަށް ބަދަލުވާ ލޯގޯއެއްތޯ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ސުވާލު އުފައްދައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ ހުޅުއްވައިދެއްވާފައެވެ. މިއާއެކު މަޖިލީހުގެ ކުޠުބުޚާނާގެ ނަން ޖަހާފައިވާ ބޯޑުގައިވާ ނަމާއި ލޯގޯގައި ވަނީ ރީނދޫ ކުލާގައެވެ.
މަޖިލީހުގެ ކުޠުބުޚާނާގެ ލޯގޯގައި ރީނދޫކުލަ ހުރިއިރު، މީގެ ކުރިން މަޖިލީހުން ޢާންމުކުރާ ކޮންމެ ލިޔުމެއްގައިވެސް ފެންނަނީ ލިޔުން ނޫ ކުލާގައެވެ. ކުޠުބުޚާނާގެ ކުލަ ރީނދޫ ކުލާގައި ހުރުމުން އެކަމަށް ފާޑު ވިދާލުވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިންމަނިކު ވަނީ ރައްޔިތުންގެ މަޖިލީހުގެ ލޯގޯގެ ކުލަ އަކީ އެދައުރެއްގެ މެޖޯރިޓީ އޮންނަ ޕާޓީ އެއްގެ ކުލައަކަށް ބަދަލުވާ ލޯގޯ އެއްތޯ ސުވާލުކުރައްވާފައެވެ. އަދި މަޖިލީހުގެ ކުތުބުޚާނާ ނަންބޯޑުގައި މަޖިލީހުގެ ލޯގޯގައި ރީނދޫކުލަ ހިމަނާފައިވަނީ އޮޅުމަކުންތޯވެސް ނިހާނު ސުވާލުކުރެއްވިއެވެ. ނިހާން މިހެން ވިދާޅުވިއިރު، ނވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކުލަ އަކީ ރީނދޫ ކުލައެވެ.
ރައްޔިތުންގެ މަޖލީހުގެ ލޯގޯގެ ކުލަ އަކީ އެދައުރެއްގެ މެޖޯރިޓީ އޮންނަ ޕާޓީ އެއްގެ ކުލައަކަށް ބަދަލުވާ ލޯގޯ އެއްތޯ؟ @DhiyaresNews @Shiyamaldives @em_saeed @avasmv @axanner އިއްޔެ ހުޅުވި މަޖިލީހުގެ ކުތުބުޚާނާ ނަންބޯޑުގައި މަޖިލީހުގެ ލޯގޯގައި ރީނދޫކުލަ ހިމަނާފައިވަނީ އޮޅުމަކުންތޯ؟ pic.twitter.com/AICKjsmsTv
— Ahmed Nihan (@ahmed_nihan) February 5, 2021
ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފު މަޖިލީހުގައި ޤާއިމްކޮށް ހުޅުވާފައިވާއިރު، އެތަނުގައި ގާތްގަނޑަކަށް 6688 ލިޔުން ހުންނާނެކަމަށް މަޖިލީހުން ބުނެފައިވެއެވެ. އަދި އެތަނުގައި 1529 ވީޑިއޯއާއި 2133 ފޮތާއި، 2214 ފައިލް އަދި 10 ހާހަށްވުރެ ގިނަ ފޮޓޯ ހިމެނޭނެކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
ކޮމެންޓު ފޮނުވާ