ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މިއަދުވެސްމުޒާހަރާއަށް ނިކުމެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާޢީދުކުރާ ފަރާތްތަކުން ޤައުމީ ދިދައާއި، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ލިޔެފައިވާ ބެނާތައް ހިފައިގެން މަގުމައްޗަށް ނިކުމެ ނުޒާހަރާކުރަމުން އަންނައިރު، އެ މުޒާހަރާގައި ގިނަބަޔަކު ދަނީބައިވެރިވަމުންނެވެ. އަދި މުޒާހަރާ ހުއްޓުވުމަށް ފުލުހުންވެސް ވަނީ ނިކުމެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންނަށް މަޖީދީމަގު ޗާންދަނީ މަގު ޖަންކުޝަން ކައުރީގައި ކުރިއަށް ނުދެވޭނެގޮތަށް ފުލުުންގެ ސަފު ވަނީ ރުކުރުވާލާފައެވެ.

އިދިކޮޅު ކޯލިޝަނާއި، އެކޯލިޝަނަށް ތާޢީދުކުރާ ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނައިރު، ފަހަކަށް އައިސް އިދިކޮޅުން ކުރިއަށްގެންދާ އިޙްތިޖާޖުތައް ވަނީ ވަރުގަދަކޮށްފައެވެ.

އެއްވެފައިވާ މީހުން ދަނީ ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ. އަދި އަދުލް އިންސާފް ޤާއިމްކުރުމަށްވެސް މުޒާހަރާގެ ބައިވެރިންދަނީ ގޮވާލަމުންނެވެ. މިމުޒާހަރާގައ ިޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުންވެސް ދަނީ ބައިވެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ