ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަމުންދާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލިސް ކައިރީގައި ކުރަމުންދާ މުޒާހަރާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ހުންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި، ދެޕާޓީގެ އިސްބޭފުޅުންނާއި ސަޕޯޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެއްވެފައިވާ މީހުންދަނީ ދައުލަތުގެ ތިންބާރުވަނީ އެކެއްގެ މުށުތެރޭގައި ތާށިވެފައިވާކަމަށްބުނެ އަޑު އުފުލަމުންނެވެ.

އެއްވެފައިވާ މީހުން ދަނީ ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ. މަޖިލިސް ކައިރީގައި އިދިކޮޅުން މުޒާހަރާ ކުރަމުންދާއިރު ފުލުހުން ދަނީ އެސަރަހައްދުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަމުންނެވެ. އަދި މަޖިލިސް ކައިރިއަށް ނުވަދެވޭނެހެން ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަަރަކު ބައިވެރި ނުވެއެވެ. މަޖިލީހުގައި ރައީސްގެ ވާހަކަތަށް ޝުޢޫރު ފާޅުކުރަމުންދާ ހަމައެކަނި މެމްބަރަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.
ކޮމެންޓު ފޮނުވާ