ރާއްޖޭގައި މިހާތަނަށް 1578 މީހަކަށް ވެކްސިން ދީފި

ރާއްޖޭގައި މިހާތަނަށް 1578 މީހަކަށް ވެކްސިން ދީފި

Author
މުޙައްމަދު ޖިމީ
03 ފެބްރުއަރީ 2021 10:41
0

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުންނަށް ދީފިއެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖޭގައި މިހާތަނަށް 1،578 މީހަކަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 1،309 މީހަކާއި އަތޮޅުތަކުން ވެކްސިންދިން 269 މީހެކެވެ. މިއަދު އެކަނިވެސް 742 މީހަކަށް ރާއްޖޭގައި ވެކްސިން ދީފައިވެއެވެ. އޭގެ ތެރޭހައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 643 މީހަކާއި، އަތޮޅުތަކުން ވެކްސިން ދިން 99 މީހެކެވެ. މާލޭގައި 6 ތަނެއްގައި ވެކްސިން ދެމުން އަންނަ އިރު، އަތޮޅުތަކުގެ 3 ތަނެއްގައި ވެކްސިން ދެމުން ގެންދެއެވެ.


ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.